ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް 7 ސްކޯލާޝިޕް

ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް 7 ސްކޯލާޝިޕް
ލިޔުން:
ބަންގްލަދޭޝްގައި ޑޮކްޓަރުކަން ކިޔެވުމަށް 7 ސްކޯލާޝިޕް އަކަށް ކުރިމަތިލުމަށް ހުޅުވާލައިފި އެވެ.
މި 7 ސްކޯލާޝިޕް އަކީ ބަންގްލަދޭޝްގައި ހުރެގެން ކިޔެވޭނެ 7 ސްކޯލާޝިޕް އެކެވެ. މީގެ ތެރޭގައި ހިމެނެނީ އެމްބީބީއެސްގެ ބެޗްލާސް ޑިގްރީގެ ހަ ސްކޮލަޝިޕަކާއި ބީޑީއެސްގެ އެއް ސްކޮލަޝިޕް އެވެ.
މި ފުރުސަތަކީ ސާކްގެ ގައުމުތަކަށް ހުޅުވާލި ސްކޮލަޝިޕް ޕްރޮގްރާމެއްގެ ތެރެއިން ރާއްޖެއަށް ލިބުނު ފުރުސަތުތަކެކެވެ.
މި ސްކޯލާޝިޕަށް ކުރިމަތި ލުމުގެ ފުރުސަތު ހަޔާ އެޑިޔުކޭޝަން މިނިސްޓްރީ އިން ހުޅުވާލާފައިވަނީ މިހިނގާ ޖެނުއަރީ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.
ސްކޮލަޝިޕަށް ކުރިމަތިލެވޭނީ އޯ ލެވެލް އާއި އެސްއެސްސީ އިމްތިހާނުގެ ފަސް މާއްދާ އިން ”ސީ“ އިން ފެށިގެން މަތީ ގްރޭޑެއް ލިބިފައިވާ ފަރާތްތަކަށެވެ. ސީ ލިބުނު މާއްދާތަކުގެ ތެރޭގައި ކެމިސްޓްރީ، ބައިއޮލޮޖީ އަދި ފިޒިކްސް ހިމެނެންޖެހެ އެވެ.
ސަރުކާރުން އަންނަނީ ބޭރު ގައުމުތަކުގައި ކިޔެވުމުގެ ފުރުސަތު ދަރިވަނުންނަށް ހޯދައިދިނުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ހަޔަ އެޑިއުކޭޝަން މިނިސްޓްރީ މީގެ ކުރިން ވަނީ ބޭރު ގައުމުތަކުގައި ކިޔެވުމަށް 2025 ވަނަ އަހަރު ގިނަ ފުރުސަތުތަކެއް ހޯދައިދޭނެކަމަށް ބުނެފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
