ގަލޮޅު ގެެއަކުން ވަގަށް ނެގި އަގުބޮޑު ތަކެތި ފުލުހުން ހޯދައިފި؛ ދެމިލިއަނެއްހާ ރުފިޔާ އަރާ

ގަލޮޅު ގެެއަކުން ވަގަށް ނެގި އަގުބޮޑު ތަކެތި ފުލުހުން ހޯދައިފި؛ ދެމިލިއަނެއްހާ ރުފިޔާ އަރާ
ލިޔުން:
މާލޭގެ ގަލޮޅުގައި ހުންނަ ގެއަކުން ވަގަށް ނެގި ދެ މިލިއަނެއްހާ ރުފިޔާގެ ތަކެތި ހޯދައިފި އެވެ.
ފުލުހުން މިރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެ ގެއިން ވަގަށް ނަގާފައިވާ ތަކެތި ހޯދައި އެ ތަކެތީގެ ވެރިފަރާތާ ހަވާލުކޮށްފައިވާ ކަމަށެވެ. ދެ މިލިއަނެއްހާ ރުފިޔާގެ އަގުހުރި ތަކެތި ވަގަށް ނެގީ އިއްޔެގެ ވަގުތެއްގައި ކަމަށެވެ.
އެ މައްސަލަ ހުށަހެޅުމާ އެކު އެ ތަކެތި ހޯދީ ގަލޮޅު ޕޮލިސް އިންވެސްޓިގޭޝަނާއި ރެސްޕޮންސް އެންޑް ޕެޓްރޯލް ގުޅިގެން ކުރި މަސައްކަތުން ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ހާމަކުރި ފޮޓޯތަކުން އެނގޭ ގޮތުން ވަގަށް ނެތި ތަކެތީގެ ތެރޭގައި އައިޕެޑާއި ކެމެރާ އާއި ޓެބްލެޓާއި ކާޑް ރީޑާސް އަދި ފޯނު ފަދަ ތަކެތި ހިމެނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
