މާލެ: 31°C

އާ އަހަރަށް ރާއްޖެއައި ދެ ކްރޫޒް ލައިނަރ: 4658 މީހަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި

January 1, 2025
2 ފަހަރު ބަލާފައި
އާ އަހަރަށް ރާއްޖެއައި ދެ ކްރޫޒް ލައިނަރ: 4658 މީހަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި
އާ އަހަރަށް ރާއްޖެއައި ދެ ކްރޫޒް ލައިނަރ: 4658 މީހަކަށް އިމިގްރޭޝަނުން ކްލިއަރެންސް ދީފި
ދެ ކްރޫޒްލައިނާއެއްގެ 4،658 ޕަސެންޖަރަކަށް މޯލްޑިވްސް އިމިގްރޭޝަނުން ކްލިއަރެންސް ދީފި އެވެ. އިމިގްރޭޝަނުން "އެކްސް" ގައި އިއްޔެކުރި ޕޯސްޓެއްގައި ބުނީ އެ ދެ ކްރޫޒްލައިނާއަކީ އެމްއެސް ނޯވޭޖިއަން ސްކައި އަދި އެމްއެސް ރިވިއޭރާ ކަމަށެވެ. އެމްއެސް ނޯވޭޖިއަން ސްކައިން 1،870 ފަތުރުވެރިންނަށް އަދި އެމްއެސް ރިވިއޭރާގެ 1،179 ފަތުރުވެރިއަކަށް ކްލިއަރެންސް ދީފައިވާ ކަމަށެވެ. އަދި ނޯވޭޖިއަން ސްކައިގެ 862 ފަޅުވެރިއަކާއި ރިވިއޭރާގެ 747 ފަޅުވެރިއަކަށް ވެސް ކްލިއަރެންސް ދީފައިވާ ކަމަށް އިމިގްރޭޝަނުން ބުންޏެވެ. ކްލިއަރެންސްގެ ކަންކަން ކުރިއަށް ގެންގޮސްފައިވަނީ އެ އިދާރާގެ ސީޕޯޓް ޑިވިޒަންގެ އޮފިސަރުން ނިމިދިޔަ މަހުގެ 23 އިން 30 އަށެވެ. މޯލްޑިވްސް އެސޯސިއޭޝަން އޮފް ޔޮޓް އެޖެންޓްސް, މާޔާ މޯލްޑިވްސްއިން "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއެސް ނޯވޭޖިއަން ސްކައި 1،872 ފަތުރުވެރިންނާ އެކު މާލޭގެ ބަނދަރުގައި ދެ ދުވަހު މަޑުކުރި ކަމަށެވެ. އެ މުއްދަތުގައި ފަތުރުވެރިންނަށް ރާއްޖެ ބަލާލުމުގެ ފުރުސަތު ލިބިދީފައިވާ ކަމަށެވެ. އެ ދެ ކްރޫޒް ލައިނާ ވެސް ރާއްޖެ އައިސްފައިވަނީ ޝީޝެލްސްއިންނެވެ. މާޔާއިން އިތުރަށް ބުނެފައިވަނީ ޓޫރިސްޓް ހައި ސީޒަންގެ މި ދުވަސްވަރު މިހާތަނަށް ރާއްޖެއަށް ތިން ކްރޫޒްލައިނާ އައިސްފައިވާ ކަމަށާއި ހައި ސީޒަން ނިމުމުގެ ކުރިން އިތުރު 12 ކްރޫޒްލައިނާ ރާއްޖެ އައުމަށް ތާވަލުކޮށްފައިވާ ކަމަށެވެ. އެމްއެސް ނޯވޭޖިއަން ސްކައިއަކީ 1999 ލޯންޗުކުރި އުޅަނދަކަށްވާއިރު، އެ އުޅަނދަކީ ޒަމާނުންސުރެ ވެސް ފެންވަރު ރަނގަޅުކުރުމަށް ޓަކައި މަރާމާތުކުރަމުން އަންނަ އުޅަނދެކެވެ. އެމްއެސް ރިވިއާއަކީ 2012 ވަނަ އަހަރު ލޯންޗުކުރި އުޅަނދެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ