މާލެ: 31°C

2025 ވަނަ އަހަރު އިގުތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގި ކަމެއް މުޅި ގައުމަށް ލިބެން ފަށާނެ: ރައީސް

January 1, 2025
2 ފަހަރު ބަލާފައި
2025 ވަނަ އަހަރު އިގުތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގި ކަމެއް މުޅި ގައުމަށް ލިބެން ފަށާނެ: ރައީސް
2025 ވަނަ އަހަރު އިގުތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގި ކަމެއް މުޅި ގައުމަށް ލިބެން ފަށާނެ: ރައީސް
މި ފެށުނު އަހަރު ހިމެނިގެން ދާނީ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފަށައި، އިގުތިޞާދީ ފުދުންތެރިކަން އިއާދަވެ، އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބެން ފަށާނެ އަހަރެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް އެހެން ވިދާޅުވީ މީލާދީ އާ އަހަރުގެ ހެޔޮ އެދުމާއި ތަހުނިޔާ ވިދާޅުވެ، ދިވެހި ރައްޔިތުންނަށް ފޮނުއްވި ޚިޠާބުގަ އެވެ. ރައީސްގެ ހިތޯބުގައި ވިދާޅުވީ ދިވެހި ދައުލަތަކީ މިއަދު ކަނޑައެޅިފައިވާ ވަކި އަމާޒުތަކަކަށް ދަތުރުކުރާ ދައުލަތެއް ކަމަށެވެ. އެގޮތުން ރާއްޖޭގެ ތަރައްގީގެ ދަތުރުގެ އަމާޒަކީ ތަރައްގީވެފައިވާ ގައުމުތަކުގެ ސަފަށް ހިޖުރަ ކުރުމަށް ކުރަހާލެވިފައިވާ ސާފު މަގުޗާޓު ކަމުގައި ފާހަގަކުރެއްވި އެވެ.
2025 ވަނަ އަހަރު ހިމެނިގެންދާނީ މި ކަންކަމުގެ އަމަލީ މަސައްކަތްތަކުގެ އަހަރުގެ ގޮތުގަ އެވެ. އެގޮތުން، ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތަރައްގީގެ އެކި މަޝްރޫއުތައް ފެށޭނެ އެވެ. ނަތީޖާއަކަށް ވާނީ، އިގުތިސޯދީ ފުދުންތެރިކަން އިއާދަވާން ފެށުމެވެ. މަސައްކަތްތެރީންނަށް ފުރުސަތުތައް ހުޅުވިގެންދިޔުމެވެ. އެ އާއެކު، އާންމު ތިޔާގިކަމެއް މުޅި ގައުމަށް ލިބެން ފަށާނެ އެވެ،" އެމަނިކުފާނުގެ ޚިޠާބުގައި ވިދާޅުވެފައިވެއެވެ. 
އާ އަހަރަކީ އަބަދުވެސް އަޒުމުތައް ކަނޑައެޅުމުގެ ފުރުސަތެއް ކަމުގައި ފާހަގަކުރައްވައި ރައީސް ވިދާޅުވި ގޮތުގައި ގައުމީ، ޖަމާއަތް އަދި ފަރުދީ ފެންވަރުގައި ވެސް އާ އަހަރުގެ އަޒުމު ކަނޑައެޅިދާނެ ކަމުގަ އެވެ. އެގޮތުން ސަރުކާރުގެ އަޒުމަކީ ރައްޔިތުންނަށް ހިދުމަތް ކުރުމުގައި ރެޔާއި ދުވާލު އިހުލާސްތެރިކަމާ އެކު ދެމި އޮތުން ކަމަށާއި ވައުދުތައް ފުއްދުމާއި އިތުބާރު ދެމެހެއްޓުމާ އަދި އަބަދުވެސް ރައްޔިތުންނާ އެންމެ ގާތުގައި ތިބެ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުން ކަމުގައި އެމަނިކުފާނު ވިދާޅުވި އެވެ. ރައީސްގެ ޚިޠާބުގައި ވަނީ އާ އަހަރުގެ ފަރުދީ އަޒުމެއްގެ ގޮތުގައި ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން ކުރިޔަށް ނެރި، ސުލްހަ މަސްލަހަތު އިސްކުރުމަށް ބާރުއަޅުއްވާފަ އެވެ. އަދި ތަރައްގީ އާއި ހިތްހަމަޖެހުމުގެ ބިންގަލަކީ އަމާންކަމާއި އިހްތިރާމާއި ކުލުނުވެރިކަން ކަމުގައި ފާހަގަކުރެއްވި އެވެ. އާ އަހަރަކީ ތަރައްގީގެ އަހަރަކަށް ހެދުމަށް ޓަކައި ކޮންމެ ރައްޔިތަކު ވެސް ކަންކަމާ މެދު ހެޔޮ ރަނގަޅު ވިސްނުން އިސްކުރުމަށް އެމަނިކުފާނު އިލްތިމާސް ކުރެއްވި އެވެ. މީލާދީ އާ އަހަރާ ގުޅިގެން ރައީސް ފޮނުއްވި ހިތޯބު ނިންމަވާލައްވާފައި ވަނީ އެންމެން ގުޅިގެން ގައުމީ ތަރައްގީގައި އެއް އަމާޒަކަށް ދަތުރު ކުރުމަށް ބާރުއަޅުއްވަމުންނެވެ. އަދި 2025 ވަނަ އަހަރަކީ ދިވެހީންގެ ރާއްޖޭގެ އަންނަން އޮތް މުސްތަގުބަލަށް ޓަކައި ޒިންމާދާރުކަމާއެކީ، ގައުމު ބިނާކުރުމުގެ އަހަރު ކަމުގައި ފާހަގަކުރައްވާފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ