
ދުނިޔޭގެ އެއްމެ ބޮޑު ގިވްއަވޭ ޕްރޮމޯޝަން އެމްއެމްޕީއާރސީ އިން ރަސްމީކޮށް ފަށައިފި
ދުނިޔޭގެ އެއްމެ ބޮޑު ގިވްއަވޭ ޕްރޮމޯޝަން އެމްއެމްޕީއާރސީ އިން ރަސްމީކޮށް ފަށައިފި
ލިޔުން:
ދުނިޔޭގެ އެއްމެ ބޮޑު ގިވްއަވޭ ޕްރޮމޯޝަން މޯލްޑިވްސް މާކެޓިންގ އެންޑް ޕްބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ރަސްމީކޮށް ފަށައިފިއެވެ.
މިދިޔަ ނޮވެމްބަރު މަހު އިނގިރޭސިވިލާތުގެ ލަންޑަނުގައި ކުރިއަށްދާ ވޯލްޑް ޓްރެވަލް މާކެޓް (ޑަބްލިއުޓީއެމް) ގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕްބްލިކް ރިލޭޝަންސް ކޯޕަރޭޝަނުން ލައުންޗުކުރި ދުނޔޭގެ އެއްމެ ބޮޑު ގިވްއަވޭ ޕްރޮމޯޝަނުން ހޮވޭ 52 ފަރާތަތަކަށް 2025 ވަނަ އަހަރު ރާއްޖޭގެ ލަގްޒަރީ ރިސޯޓެއްގައި އެއް ހަފްތާގެ ޗުއްޓީ އެއް ހޭދަކޮށްލުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އެގޮތުން އެ ޕްރޮމޯޝަނުން ހޮވޭ 52 ފަރާތަކަށް 2025 ވަނަ އަހަރު ކޮންމެވެސް އެއް ހަފްތާއަކު ރާއްޖެއަށް ޒިޔާރައްކުރުމުގެ ފުރުސަތު ހުރިހާ ޙަރަދަކާއެކު ލިބިގެންދާނެއެވެ. އެކަން ހާމަކޮށް އެމްއެންޕީއާރސީން ބުނެފައިވަނީ 2025 ވަނަ އަހަރު ކޮންމެ ހަފްތާއަކުވެސް ކޮންމެވެސް އެއް ފަރާތަކަށް އެފުރުސަތު ދެމުންގެންދާނެކަމަށެވެ.
އެމްއެމްޕީއާރސީ އިން ބުނެފައިވާ ގޮތުގައި އެ ކެމްޕޭންގެ މައިގަނޑު މަޤްސަދަކީ ސޯޝަލް މީޑިއާގެ ޒަރީއްޔާއިން ބައިނަލްއަޤްވާމީ ފަރާތްކަކުގެ ބައިވެރިވުމާއެކު ރާއްޖެއަށް ގިނަ ފަތުރުވެރިން އައުމަށް ޝައުގުވެރިކުރުވުމެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
