މާލެ: 31°C

މި އަހަރަކީ އިގުތިސާދީ ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވެދާނެ އަހަރެއްކަމަށް ވާތީ، ދައުލަތަށް ލިބޭ އާމްދަނީ ނަޒާހަތްތެރިކަމާއެކު ބޭނުންކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށް ސަން ޝިޔާމް ގޮވާލައްވައިފި

January 1, 2025
2 ފަހަރު ބަލާފައި

މި އަހަރަކީ އިގުތިސާދީ ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވެދާނެ އަހަރެއް ކަމަށް މާލީ އިދާރާތަކުން އިންޒާރުދީފައިވާތީ، ދައުލަތަށް ލިބޭ އާމްދަނީ ނަޒާހަތްތެރިކަމާއެކު ބޭނުންކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށްސަން ޝިޔާމް ގޮވާލައްވައިފިއެވެ. އާ އަހަރާގުޅިގެން މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) ގެ ލީޑަރ މަޝްހޫރު ވިޔަފާރިވެރިޔާ ސަނ ޗިޔާމް ނެރުއްވާފއިވާ ހިތާބުގައި ވިދާޅުވެފައިވަނީ މި ފެށުނު 2025 ވަނަ އަހަރަކީ އިގުތިސާދީ ގޮންޖެހުންތަކެއް ރާއްޖެއަށް ކުރިމަތިވެދާނެ އަހަރެއް ކަމަށް މާލީ އިދާރާތަކުން ލަފާކޮށް އިންޒާރުދީފައިވާ ކަމަށާއި، އެހެންކަމުން އެފަދަ ހާލަތެއްގައި ރައްޔިތުންނަށް ކުރާނެ އަސަރުތައް ވީހާވެސް ކުޑަކުރުމަށާއި، އެ ހާލަތާ ގުޅިގެން އަޅަންޖެހޭ ހަރުދަނާ ފިޔަވަޅުތައް އަޅައި ކަމުގެ މާހިުންގެ ލަފާ ބޭނުންކުރުމަށް ސަރުކާރަށް ވަނީ ގޮވާލައްވާފައެވެ. ހިތާބުގައި އިތުރަށް ވިދާޅުވެފައިވަނީ އިގުތިސާދީ ދާއިރާތައް ހަލުވި މިނެއްގައި ކުރިއެރުވުމަށް ހުރި ހުރަސްތައް ދެނެގަނެ، އެ ކަންކަމަށް ހައްލު ހޯދުމަށް އިޚްލާސްތެރި މަސައްކަތްތަކެއް ކުރެއްވުމަށާއި،  ދައުލަތަށް ލިބޭ އާމްދަނީ ނަޒާހަތްތެރިކަމާއެކު ބޭނުންކުރެވޭނެ ހަރުދަނާ ނިޒާމެއް ގާއިމްކުރުމަށާއި، އަދި އިގްތިސާދީ ދާއިރާގެ ފަންނީ މާހިރުންގެ ލަފައާއި އިރުޝާދު ހޯދުމާއި، ކަމާގުޅުންހުރި އެންމެހާ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާ ކޮށް އެކަށީގެންވާ ހައްލެއް ހޯދުމަށް ދެމެހެއްޓެނިވި އަވަސް ފިޔަވަޅުތަކެއް އެޅުއްވުމަށްވެސް ސިޔާމް ވަނީ ގޮވާލައްވާފަ އެވެ. އެމަނިކުފާނުގެ ބަޔާނުގައި ވަނީ ފަލަސްތީނުގެ މުސްލިމުން ތަހައްމަލުކުރަމުންގެންދާ ހާލަތަށްވެސް އެމަނިކުފާނުގެ ހިތާބުގައި އަޅިުއަޅުއްވާލައްވާފައެވެ. އެގޮތުން އާ އަހަރާ ކުރިމަތިލިއިރު މުސްލިމް އުއްމަތަށް އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ފަލަސްތީނުގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ އަނިޔާވެރި އަދި އުދުވާނީ ހަމަލާތައް ކަމަށާއި، އެހެންކަމުން އެ ހަމަލާތައް ކުއްވެރިކުރައްވައި ސިޔާމް ވަނީ ވަގުތު ފާއިތުވުމުގެ ކުރިން އެކަމުގައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ދިވެހި ސަރުކާރަށާއި ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ