މާލެ: 31°C

ކުންފުނިތަކުން މުވައްޒަފުންނަށް ބޯނަސް ދިނުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭ ގޮތް ހަދައިފި

December 31, 2024
2 ފަހަރު ބަލާފައި
ކުންފުނިތަކުން މުވައްޒަފުންނަށް ބޯނަސް ދިނުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭ ގޮތް ހަދައިފި
ކުންފުނިތަކުން މުވައްޒަފުންނަށް ބޯނަސް ދިނުމުގެ ކުރިން ފިނޭންސްގެ ހުއްދަ ހޯދަން ޖެހޭ ގޮތް ހަދައިފި
ސަރުކާރު ކުންފުނިތަކުން މުވައްޒަފުންނަށް ބޯނަސް ދިނުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ގަވައިދު އިސްލާހުކޮށްފި އެވެ. ޕީސީބީން ނެރުނު ސާކިއުލާއެއްގައި ބުނެފައިވަނީ އެ ބޯޑުގެ ބައްދަލުވުމެއްގައި ’ކޯޑް އޮފް ކޯޕަރޭޓް ގަވަނަންސް ފޯ ސްޓޭޓް އޯންޑް އެންޓަޕްރައިޒަސް‘ ގެ 22 ވަނަ މާއްދާ އިސްލާހުކޮށްފައިވާ ކަމަށެވެ. މި ސާކިއުލާގައި ސޮއި ކުރައްވާފައިވަނީ ޕީސީބީގެ ރައީސް ހަމްދީ އަގީލް އެވެ. އެ މާއްދާގައި މީގެ ކުރިން އޮންނަނީ ބޯނަސް ދިނުމުގެ ކުރިން ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ހުއްދަ ހޯދުމަށެވެ. ނަމަވެސް މިހާރު ގެނައި އިސްލާހުގައި ބުނެފައިވަނީ މުވައްޒަފުންގެ ބޯނަސް ދިނުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭނެ ކަމަށެވެ. މީގެ އިތުރުން މި ހުއްދައަށް އެދުމުގައި ޕީސީބީން އެކުލަވާލާފައިވާ ގައިޑްލައިންތަކަށް އަމަލު ކުރުމަށް އެ ސާކިއުލާގައި ބުނެފައިވެ އެވެ. މި ސާކިއުލާ ފޮނުވާފައިވަނީ ސަރުކާރު ކުންފުނިތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. މުވައްޒަފުންނަށް ބޯނަސް ދިނުމުގެ ކުރިން ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދަން ޖެހޭ ގޮތަށް ގަވައިދު އިސްލާހު ކުރި އިރު ޕީސީބީއަކީ ފިނޭންސް މިނިސްޓްރީގެ ދަށުން ހިންގަމުން އަންނަ ބޯޑެއްކަން ފާހަގަކޮށްލަން ޖެހެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ