މާލެ: 31°C

2024 ވަނަ އަހަރު ރައްޔިތުން ބާރުވެރި ކުރެވުނު ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ

December 31, 2024
2 ފަހަރު ބަލާފައި
2024 ވަނަ އަހަރު ރައްޔިތުން ބާރުވެރި ކުރެވުނު ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ
2024 ވަނަ އަހަރު ރައްޔިތުން ބާރުވެރި ކުރެވުނު ކަމަށް ރައީސް މުޢިއްޒު ވިދާޅުވެއްޖެ
ނިމިގެން މިދާ 2024 ވަނަ އަހަރަކީ އިސްލާހީ ބަދަލުތަކެއް ގެނެވި، ރައްޔިތުން ބާރުވެރި ވެސް ކުރެވުނު އަހަރެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ. ރައީސް މުއިއްޒު މިހެން ވިދާޅުވީ 2024 ވަނަ އަހަރު ނިމި، 2025 ވަނަ އަހަރާ ކުރިމަތިލާއިރު، ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވެފައިވަނީ މި އަހަރަކީ ރައްޔިތުން ބާރުވެރިކުރެވި، ޤައުމުގެ އިސްތިޤްލާލު ވެސް ރައްކާތެރިކޮށް ދެވުނު އަހަރެއް ކަމަށެވެ. އަދި މިހާރު ކަންކަން ނިންމުމުގެ ބާރު ރައްޔިތުންގެ އަތްމަތީގައި އޮތް ކަމަށް ވެސް އެ މަނިކުފާނު ފާހަގަ ކުރައްވާފައި ވެއެވެ. ރައީސް މުއިއްޒު އިތުރަށް ފާހަގަ ކުރެއްވި ގޮތުގައި 2024 ވަނަ އަހަރުގެ ތެރޭގައި ވަނީ އިސްލާހީ މުހިންމު ފިޔަވަޅުތަކެއް އެޅިފައެވެ. މީގެ ތެރޭގައި ބޭރުގެ އަސްކަރިއްޔާއެއްގެ ބަޔަކު ރާއްޖޭގައި މިހާރު ނެތުމާއި، ރާއްޖޭގެ ސަރަހައްދު ހިމާޔަތްކޮށް ރައްކާތެރި ކުރެވުމާއި، އަދި ރައްޔިތުންގެ ބާރު މިހާރު ބޮޑުވެފައިވާކަން ހިމެނެއެވެ.  

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ