މާލެ: 31°C

ސީރިއާގައި ވެރިކަން ކުރަމުންދަނީ ޓެރަރިސްޓް ޖަމާއަތަކުންކަމަށް ރާއްޖެއިން ކަނޑައަޅައިފި

December 31, 2024
2 ފަހަރު ބަލާފައި
ސީރިއާގައި ވެރިކަން ކުރަމުންދަނީ ޓެރަރިސްޓް ޖަމާއަތަކުންކަމަށް ރާއްޖެއިން ކަނޑައަޅައިފި
ސީރިއާގައި ވެރިކަން ކުރަމުންދަނީ ޓެރަރިސްޓް ޖަމާއަތަކުންކަމަށް ރާއްޖެއިން ކަނޑައަޅައިފި
ސީރިއާގައި ވެރިކަން ކުރާ ހަޔާތު ތަހްރީރް އަލް ޝާމް (އެޗްޓީއެސް) ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއް ކަމަށް ރާއްޖެއިން ކުރިން ނިންމާފައި އޮތް ނިންމުން އަނެއްކާވެސް ދަމަހައްޓައިފި އެވެ. ރާއްޖެއިން މި ނިންމުން ދަމަހައްޓާފައިވަނީ މިއަދު އެވެ. އެޗްޓީއެސް ޖަމާއަތަކީ ޓެރަރިސްޓް ޖަމާއަތެއްކަމަށް ކަނޑައެޅުމުގެ އިތުރުން ރާއްޖެއިން ވަނީ ސީރިއާއަށް ދިވެހިން ދަތުރުކުރުން މަނާކޮށްފައި އޮތް އޮތުންވެސް ދަމަހައްޓާފަ އެވެ. އެޗްޓީއެސް އިން ސީރިއާގެ ވެރިކަން ގަދަ ބާރުން ހޯދާފައިވަނީ ޑިސެމްބަރު 8، 2024 ގައި އެގައުމުގެ ވެރިކަމުގައި އޭރު ހުންނެވި ބައްޝާރު އަލް އައްސަދުގެ ވެރިކަން ވައްޓާލުމަށް ފަހު އެވެ. ރައީސް އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގެ ދަށުން ކޮންމެ އަހަރަކު އެއްފަހަރު މުރާޖަޢާކުރަންޖެހޭ ޓެރަރިސްޓް ޖަމާއަތްތަކުގެ ލިސްޓާއި ހަނގުރާމަވެރި ސަރަހައްދުތަކުގެ ލިސްޓަށް އެއްވެސް ބަދަލެއް ގެނެސްފައި ނުވާ ކަމަށެވެ. މީގެ ތެރޭގައި އެޗްޓީއެސް ޖަމާއަތް ހިމެނޭ ގޮތަށް 20 ޖަމާއަތެއް ޓެރަރިސްޓް ޖަމާއަތްތަކުގެ ގޮތުގައި ކަނޑައަޅާފައިވާއިރު، ސީރިއާ ވަނީ ހަނގުރާމަވެރި ސަރަހައްދެއްގެ ގޮތުގައި ދެމެހެއްޓިފައެވެ. ރާއްޖެއިން ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓުގައި އެޗްޓީއެސް ޖަމާއަތް ހިމަނާފައިވަނީ 2019 ވަނަ އަހަރު އެވެ.

ޓެރަރިސްޓް ޖަމާއަތްތައް:

  1. އިސްލާމިކް ސްޓޭޓް
  2. އަލް ގައިދާ
  3. ޖަބްޙަތުއް ނުސްރާ (ޖަބްޙަތުއް ފަތަޙް އަލް ޝާމް ނުވަތަ ނުސްރާ ފްރޮންޓް)
  4. ލަޝްކަރޭ ޠައިބާ
  5. އަލް ޤައިދާ އިން ދި އަރަބިއަން ޕެނިންސިއުލަރ
  6. އަލް ޤައިދާ އިން ދި އިސްލާމިކް މަޣްރިބް
  7. އަބޫ ސައްޔާފް ގްރޫޕް
  8. ބޯކޯ ހަރަމް
  9. އަލް ޝަބާބް
  10. އަލް ޤައިދާ އިން ދި އިންޑިއަން ސަބްކޮންޓިނެންޓް
  11. ތެހްރިކޭ ޠާލިބާން ޕާކިސްތާން (ޓީޓީޕީ)
  12. ޙަރަކާތުލް ޖިހާދު އަލް އިސްލާމީ
  13. ޖައިޝޭ މުޙައްމަދު
  14. އިސްލާމިކް ސްޓޭޓް އިން ޢިރާޤް އެންޑް ލާވަންޓް – ޚުރާސަން ޕްރޮވިންސް (ވިލާޔާ ޚުރާސަން)
  15. ނޭޝަނަލް ތައުޙީދް ޖަމާޢަތް
  16. ޖަމާޢަތު މިއްލަތޭ އިބްރާހީމް
  17. ވިލާޔަތް އަލް ސޭލާނީ
  18. ހައިއަތު ތަހްރީރު އަލް ޝާމް
  19. ހުއްރާސް އައް ދީން
  20. ޖަމާ އަންޝާރުއް ދައުލާ (ޖޭއޭޑީ)

ހަނގުރާމަވެރި ސަރަޙައްދުތައް:

  1. ސީރިޔާގެ ހުރިހާ ސަރަޙައްދެއް
ރައީސް އޮފީހުން އިތުރަށް ބަޔާންކޮށްފައިވަނީ، ޓެރަރިސްޓް ޖަމާއަތްތަކަށް ތާއީދުކުރުމާއި، އެފަދަ ޖަމާއަތްތަކުގެ މެންބަރުކަން ކުރުމާއި، އެހީތެރިވުމަކީ ބޮޑެތި އަދަބު ލިބޭނެ ކުށްތަކެއް ކަމަށެވެ. އަދި މިފަދަ ޖަމާއަތްތައް ކަނޑައަޅާނީ ރާއްޖޭގެ ޤައުމީ ސަލާމަތާބެހޭ މަޖިލީހުގެ ލަފާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ކަމަށްވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ