ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލު ކުރުމަށް ހައި ކޯޓަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފި

ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލު ކުރުމަށް ހައި ކޯޓަށް ހުށައެޅި މައްސަލަ ބޭރުކޮށްލައިފި
ލިޔުން:
ގދ. ތިނަދޫއަށް ދީފައިވާ ސިޓީގެ ދަރަޖަ ބާތިލު ކުރުމަށް ހައި ކޯޓަށް ހުށަހަޅާފައިވާ ދުސްތޫރީ މައްސަލަ ބަލައިނުގަނެ ބޭރުކޮށްލައިފި އެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހާއި ދެކޮޅަށް މި މައްސަލަ ހައިކޯޓަށް ހުށަހެޅުއްވީ ގާނޫނީ ވަކީލު މުހައްމަދު ރާގިބު އަހުމަދު އެވެ.
21 ނޮވެމްބަރުގައި ހައިކޯޓަށް ހުށަހެޅި މިމައްސަލަ ބަލައިނުގަތުމަށް ނިންމާފައިވަނީ 30 ޑިސެމްބަރުގަ އެވެ. ހައިކޯޓުގެ ރަޖިސްޓްރާ މި މައްސަލަ ބަލައިނުގަތުމަށް ނިންމި ނިންމުމުގައި ބުނެފައިވަނީ، ހުށަހެޅިފައިވާ ދުސްތޫރީ މައްސަލައިގައި ރައީސްގެ ޤަރާރަކީ ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފައިވާ މަސްދަރެއް ނުވަތަ މަޖިލީހުން ފާސްކޮށްފައިވާ ޤާނޫނަކުން ބާރުލިބިގެން އެކުލަވާލާފައިވާ މަސްދަރެއްކަން ބުނެދެވިފައިނުވާ ކަމަށެވެ. އަދި ޤާނޫނާއި ހިލާފުވާކަމަށްބުނެ ހުށަހަޅާފައިވާ މައްސަލައަކީ ފުރަތަމަ މަރުހަލާގައި ހައިކޯޓަށް ބެލުމުގެ އިހްތިސާސް ލިބިފައިވާ މައްސަލައެއް ކަމަށް ނުބެލެވޭ ކަމަށެވެ.
އެހެންކަމުން މި މައްސަލަ ހައިކޯޓަށް ބަލައިގަނެވެން ނެތްކަމަށް ހުކުމް ކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
