މާލެ: 31°C

ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 25 އަހަރަށް ޖަލަށް ލައިފި

December 31, 2024
2 ފަހަރު ބަލާފައި
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 25 އަހަރަށް ޖަލަށް ލައިފި
ކުޑަ ކުއްޖަކަށް ޖިންސީ ގޯނާކުރި މީހަކު 25 އަހަރަށް ޖަލަށް ލައިފި
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މީހަކު 25 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި އެވެ. އެ މައްސަލާގައި މިއަދު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވަނީ ނަސްރުﷲ ފާއިޒުގެ މައްޗަށެވެ. އޭނާގެ މައްޗަށް އޮރިޔާންކާޑު ގެންގުޅުމުގެ ދައުވާއާއި ކުޑަ ކުއްޖަކު އިތުބާރު ކުރަންޖެހޭ މަގާމެއްގައި ހުރި މީހަކު އެ ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގުމުގެ ދައުވާގެ އިތުރުން ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލުމުގެ ދައުވާ އުފުލީ 2020 ވަނަ އަހަރެވެ. އެކަމަކު އޮރިޔާންކާޑު ގެންގުޅުމުގެ ކުށުގެ ދައުވާ ނަސްރުﷲ ގެ މައްޗަށް ސާބިތުނުވާ ކަމަށް ވަނީ ކަނޑައަޅާފަ އެވެ. ޖިންސީ ނިޔަތެއް އޮވެގެން ކުޑަކުއްޖެއްގެ ހަށިގަނޑުގައި އަތްލިކަން ސާބިތުވާތީ 10 އަހަރަށް އަދި ކުޑަކުއްޖާއާއެކު ޖިންސީ އަމަލެއް ހިންގިކަން ސާބިތުވާތީ އޭނާ 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައިވެ އެވެ. ކުޑަކުއްޖަކު ހިމެނޭ މައްސަލައަކަށް ވާތީ މައްސަލައިގެ މުޅި ރިޕޯޓު ކްރިމިނަލް ކޯޓުގެ ވެބްސައިޓްގައި ޝާއިއުކޮށްފައެއް ނުވެ އެވެ. އަދި ކުޑަކުދިންގެ ޖިނާއީ މައްސަލަތަކުގައި ތަފުސީލާ ކުއްޖާގެ ވަނަވަރު ހާމަކުރުން ގާނޫނުގައި މަނާކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ