މާލެ: 31°C

އާ އަހަރުގެ ފުރަތަމަ 5 ދުވަސް މޫސުން ވަރަށްގޯސް: މެޓް އޮފީސް

December 31, 2024
2 ފަހަރު ބަލާފައި
އާ އަހަރުގެ ފުރަތަމަ 5 ދުވަސް މޫސުން ވަރަށްގޯސް: މެޓް އޮފީސް
އާ އަހަރުގެ ފުރަތަމަ 5 ދުވަސް މޫސުން ވަރަށްގޯސް: މެޓް އޮފީސް
ސްރީލަންކާގެ އިރު ދެކުނު ގައި އުފެދިފައިވާ ކޮޅިގަނޑާއި، އެ ކޮޅިގަނޑާއި ގުޅިފައިވާ ލޯ ޕްރެޝަރ ޓްރަފް ގެ ސަބަބުން އާ އަހަރުގެ ޖެނުއަރީ 1 އިން ފެށިގެން ޖެނުއަރީ 5 ވަނަ ދުވަހާ ހަމައަށް ރާއްޖޭގެ ބޮޑު ބައަކަށް ގުގުރުމާއެކު ވާރޭވެހި، ވަޔާއި ކަނޑު ގަދަވެ، ބައެއް އަތޮޅުތަކަށް އުދައިގެ އަސަރުވެސް ކުރާނެކަމަށް ރާއްޖޭގެ މޫސުމާބެހޭ އިދާރާއިން ލަފާކޮށްފިއެވެ. ރާއްޖޭގެ މޫސުމާބެހޭ އިދާރާ މޯލްޑިވްސް މީޓިއޮރޮލިޖިކަލް ސާވިސަސް އިން ނެރެފައިވާ މޫސުމާބެހޭ ޚަބަރުގައި ބުނެފައިވަނީ އާ އަހަރުގެ ފުރަތަމަ 5 ދުވަހު (2025 ޖެނުއަރީ 1 އިން 5 އަށް) މެދު ރާއްޖެ ތެރޭގެ އަތޮޅުތަކަށް އުތުރާއި އިރު އުތުރުން އަދި ދެކުނުގެ އިތޮޅުތަކަށް ހުޅަނގާއި ހުޅަނގު އުތުރުން ގާތްގަނޑަކަށް އެވްރެޖްކޮށް 15 މޭލާއި 25 މޭލާއި ދެމެދުގެ ބާރުމިނެއްގައި ވައި ޖެހޭނެ ކަމަށާއި، އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވާނެކަމަށް ބެލެވޭ ކަމަށެވެ. އެހެންކަމުން މޫސުމާބެހޭ އިދާރާއިންވަނީ ހުރިހާ ފަރާތްތަކަށް، ހާއްސަކޮށް ކަނޑު ދަތުރުކުރާ ފަތާތްތަކުން، މޫސުމާބެހޭ އިދާރާއިން ނެރެމުންދާ އެއްމެފަހުގެ މޫސުމީ އެންގުންތަކަށް ސަމާލުކަންދެއްވުމަށް އިލްތިމާސްކޮށްފައެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ