މާލެ: 31°C

ޖެނުއަރީ 6 ގައި އައިލެންޑް އޭވިއޭޝަނުން އެއާޝޯއެއް ބާއްވަނީ

December 31, 2024
2 ފަހަރު ބަލާފައި
ޖެނުއަރީ 6 ގައި އައިލެންޑް އޭވިއޭޝަނުން އެއާޝޯއެއް ބާއްވަނީ
ޖެނުއަރީ 6 ގައި އައިލެންޑް އޭވިއޭޝަނުން އެއާޝޯއެއް ބާއްވަނީ
އައިލެންޑް އޭވިއޭޝަނުން މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެންނަ ވައިޑް ބޮޑީ އެއާކްރާފްޓް ދައްކާލުމަށް އަންނަމަހު 6 ވަނަދުވަހުގެ ހަވީރު އެއާޝޯއެއް ބާއްވަން ނިންމައިފިއެވެ. މޯލްޑިވިއަންގެ ފްލީޓަށް އަލަށް ގެންނަ އޭ330 (އެއާބަސް 330) މަރުކާގެ ބޯޓް ދައްކާލުމަށްޓަކައި ބާއްވާ ޝޯ ބާއްވަން މޯލްޑިވިއަނުން ހަމަޖައްސާފައިވަނީ އަންނަ ޖެނުއަރީމަހުގެ 6 ވަނަދުވަހުގެ ހަވީރު 05:00 އިން 05:30  އަށް ހުޅުމާލެ ފޭސް 1 އާއި ހުޅުމާލެ ފޭސް 2 ގެ އިރުމަތީ ފަރާތުގައެވެ. މޯލްޑިވިއަންގެ އޮޕަރޭޝަނާ އޭ330 ގެ ފްލައިޓް ގުޅުމާއެކު އެ އެއާލައިނުން ރާއްޖެއިންބޭރުގެ އާ ޑިސްޓިނޭޝަންތަކަށް ދަތުރުތައް ފެށުމަށް ވަނީ ހަމަޖައްސާފައެވެ. އެގޮތުން އެންމެ ފުރަތަމަ އެ ބޯޓްގެ ދަތުރުތައްފެށުމަށް ހަމަޖެހިފައި ވަނީ ޗައިނާގެ ތިން ސިޓީއަކަށެވެ. އެ ގައުމަކީ މިހާރު ރާއްޖެ އަށް އެންމެ ގިނަ ޓޫރިސްޓުން ވެސް އަންނަ އެއް ގައުމެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ