ޖިމީ ކާޓާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ

ޖިމީ ކާޓާގެ އާއިލާއަށް ރައީސްގެ ތަޢުޒިޔާ
ލިޔުން:
އެމެރިކާގެ ކުރީގެ ރައީސް ޖިމީ ކާޓާ އަވަހާރަވުމާ ގުޅިގެން ރައީސް ޑރ މުހައްމަދު މުއިއްޒު، ކާޓާގެ އާއިލާއަށް ތައުޒިޔާ ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ 39 ވަނަ ރައީސްކަން ކުރެއްވީ އުމުރުން 100 އަހަަރުފުޅުގެ ކާޓާ އަވަހާރަވީ މިއަދުގެ ވަގުތެއްގަ އެވެ.
ރަސްމީ އެކައުންޓުން 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ ކާޓާ އަވަހާރަވި ހަބަރު އެއްސެވި ފުން ހިތާމައާ އެކު ކަމަށެވެ. އަދި ދިވެހި ސަރުކާރާ ދިވެހި ރައްޔިތުންގެ ފަރާތުން ރައީސް ވަނީ ތައުޒިޔާ ފޮނުއްވާފަ އެވެ.
"ހިތާމައިގެ މި ދަނޑިވަޅުގައި، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންނަށް އެމެރިކާގެ ރައްޔިތުންނަށާއި، ކާޓާގެ އާއިލާއަށް ތައުޒިޔާ ފޮނުއްވަން" ރައީސް ވިދާޅުވި އެވެ.
ނޮބެލް ސުލްހައިގެ އިނާމުވެސް ލިބިވަޑައިގެންފައިވާ ކާޓާ އަވާހަރަވީ ޖޯޖިއާގެ ޕްލެއިންސް ހުންނަ އެމަނިކުފާނުގެ ގެކޮޅުގަ އެވެ.
އެމެރިކާގެ ރައީސްކަން 1977 ވަނަ އަހަރުން 1981 އަށް ކުރެއްވި ކާޓާގެ ވެރިކަމުގެ ދައުރުގެ އެންމެ ބޮޑު ކާމިޔާބީ އަކީ އިޒްރޭލާ މިސްރުގެ ގުޅުން ބަދަހިކޮށް މެދުއިރުމައްޗަށް ހަމަޖެހުން ގެނައުމަށް އެހީތެރިވެދިނުމެވެ.
ކާޓާ އަވާހަރާވުމާ ގުޅިގެން ޖެނުއަރީ 9 ވަނަ ދުވަހަކީ ގައުމީ ހިތާމާ ފާޅުކުރުމުގެ ދުވަހެއްގެ ގޮތުގައި ވައިޓް ހައުސްއިން ވަނީ ކަނޑައަޅާފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
