މާލެ: 31°C

ފަތުރުވެރިއެއްގެ އަތުން އެވްރެޖްކޮށް 600 ޑޮލަރު ދައުލަތަށް ލިބޭނެ

December 30, 2024
2 ފަހަރު ބަލާފައި
ފަތުރުވެރިއެއްގެ އަތުން އެވްރެޖްކޮށް 600 ޑޮލަރު ދައުލަތަށް ލިބޭނެ
ފަތުރުވެރިއެއްގެ އަތުން އެވްރެޖްކޮށް 600 ޑޮލަރު ދައުލަތަށް ލިބޭނެ
ރާއްޖެއަށް ޒިޔާރަތްކުރާ ކޮންމެ ފަތުރުވެރިއެއްގެ އަތުން އެވްރެޖުކޮށް 600 އެމެރިކާ ޑޮލަރު ދައުލަތަށް ލިބޭ ކަމަށް މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަން ކޯޕަރޭޝަން (އެމްއެމްޕީއާރްސީ) ބޯޑުގެ ޗެއާޕާސަން އަބްދުﷲ ގިޔާސް ވިދާޅުވެއްޖެ އެވެ. ގިޔާސް މި މަޢުލޫމާތު ހާމަކުރެއްވީ އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. އޭނާ ވިދާޅުވި ގޮތުގައި، ޓީޖީއެސްޓީ އެއް ޕަސެންޓް އިތުރުކޮށްގެން ލިބޭ މިންވަރު، ފަތުރުވެރިންގެ އަދަދު އެއް ޕަސެންޓް އިތުރުކޮށްގެންވެސް ހޯދިދާނެ އެވެ.
ރާއްޖޭގައި ސަޕްލައި އިތުރުކުރުމުގައި ކޮންޓްރޯލެއް ނެތުމަކީ ކަންބޮޑުވާންޖެހޭ ކަމެއް. ޑިމާންޑަށް ވުރެ ބޮޑަށް ސަޕްލައި އިތުރުވުމަކީ ދިމާވެދާނެ ގޮންޖެހުމެއް،“ ގިޔާސް ވިދާޅުވި އެވެ.
އެމްއެމްޕީއާރްސީ އިން ބުނީ ގެސްޓްހައުސްތަކުން ލިބޭ އާމްދަނީ އިތުރުކުރުމަށްޓަކައި މަތީ ފަންތީގެ މާކެޓަށް ރާއްޖޭގެ މަސައްކަތްތައް އަމާޒުކުރަން ޖެހޭ ކަމަށެވެ. މި މަޤްޞަދު ހާސިލުކުރުމަށްޓަކައި، އޮކިއުޕަންސީ ރަނގަޅުކުރުމަށް ރަޝިއާ، ޖަރުމަނުވިލާތް އަދި ޔޫރަޕުގެ އެހެން ގައުމުތަކަށް މިހާރަށް ވުރެ ބޮޑު އިސްކަމެއް ދޭނެ ކަމަށްވެސް ގިޔާސް ވިދާޅުވި އެވެ. މި ބައްދަލުވުމުގައި، ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާ ކުރިއަރުވައި ތަރައްޤީކުރުމަށް އެމްއެމްޕީއާރްސީ އިން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން އިތުރު މަޢުލޫމާތު ހިއްސާކުރެވުނެވެ. އަދި ކުރިއަށް އޮތް ތަނުގައި ފަތުރުވެރިކަމުގެ ދާއިރާއިން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރުމަށް ރޭވިފައިވާ ޕްލޭންތަކާ ބެހޭ ގޮތުންވެސް މަޝްވަރާކުރެވުނެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ