ނުވަ މީހުންގެ ޕާސްޕޯޓް ދޫކޮށްލައިފި

ނުވަ މީހުންގެ ޕާސްޕޯޓް ދޫކޮށްލައިފި
ލިޔުން:
ބިންވެރިޔާ ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް ގޯތި ދޫކުރި މައްސަލާގައި ރާއްޖެއިން ފުރުން މަނާކުރި 9 މީހެއްގެ ޕާސްޕޯޓް ދޫކޮށްލައިފި އެވެ.
ފުލުހުން ތަހުގީގުކުރަމުންދާ ލިޔުންތަކެއް ފޯޖުކުރި މައްސަލައާ ގުޅިގެން މިދިޔަ ސަރުކާރުގެ ހައުސިން މިނިސްްޓްރީގެ އިސްވެރިން ހިމެނޭ ގޮތަށް 20 މީހަކުގެ ޕާސްޕޯޓް އޮތީ ހިފަހައްޓާފަ އެވެ.
އެ މައްސަލައިގެ އަޕްޑޭޓް ހިއްސާކުރަމުން ފުލުހުން މިއަދު ބުނީ އޭގެ ތެރެއިން 9 މީހެއްގެ މައްޗަށް ނެރެފައިވާ އަމުރު ބާތިލުކޮށްފައިވަނީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އާ މަޝްވަރާކޮށް, ޕީޖީގެ ލަފާގެ މަތިން ކަމަށެވެ. އެ މީހުންގެ ނަންތަކެއް ފުލުުހުން ހާމައެއް ނުކުރެ އެވެ.
ފުލުހުން ބުނީ، އަމުރު ބާތިލްކުރި މީހުންގެ ތެރޭގައި އެޗްޑީސީގެ ކުރީގެ އެމްޑީ އިބްރާހިމް ފަޒުލް ރަޝީދު އާއި އޭނާގެ ބޭބެ އަދި އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލް ރަޝީދު ނުހިމެނޭ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
