ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ބަންދު ޖަހައިފި

ތިމަރަފުށިން ހައްޔަރުކުރި މީހުންގެ ބަންދު ޖަހައިފި
ލިޔުން:
ތ ތިމަރަފުށީގައި ގެއަކަށް ވަދެ މާރާމާރީ ހިންގި މައްސަލާގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފި އެވެ.
އިއްޔެ މެންދުރުފަހު ހިންގި މާރާމާރީއާ ގުޅިގެން 5 މީހަކު ހައްޔަރުކުރި އެވެ. އެ އެންމެންނަކީވެސް ދިވެހީންނެވެ.
އެ މައްސަލާގައި ހައްޔަރުކޮށްފައިވަނީ:
އަހްމަދު އަމީން, ޖަހާމުގުރިގެ, ތ ތިމަރަފުށި (36އ)
އަހްމަދު ޝަހުދީ, ސަލްވާ, ތ ތިމަރަފުށި (38އ)
މުހައްމަދު ރައޫފު, ވ ވަވަތް, ކ މާލެ (54އ)
އަބްދުالله އަޝްރަފް, ގުލްބަކާވިލާ, ތ ތިމަރަފުށި (39އ)
އާސް އިބްރާހީމް, ހިރި, ތ ތިމަރަފުށި (32އ)
ފުލުހުން ބުނީ އެ މައްސަލައިގައި ހައްޔަރުކުރި އަޝްރަފްއާއި އާސް އަދި ރައޫފްގެ ބަންދަށް 10 ދުވަސް ކޯޓުން ޖަހައިދީފައިވާ ކަމަށެވެ.
އަދި އަމީން 7 ދުވަހަށާއި ޝަހުުދު 5 ދުވަހަށް ބަންދުކުރުމަށް ވެސް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މާރާމާރީ ހިނގަން މެދުވެރިވި ސަބަބެއް މިހާތަނަށް އެނގިފައެއް ނުވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
