އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޕްރޮސްޓޭޓް ނެގުމުގެ އޮޕަރޭޝަނެއްކޮށްފި

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ޕްރޮސްޓޭޓް ނެގުމުގެ އޮޕަރޭޝަނެއްކޮށްފި
ލިޔުން:
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ޕްރޮސްޓޭޓް ނެގުމުގެ އޮޕަރޭޝަނެއް ކޮށްފިއެވެ.
އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާދީއްތަ ދުވަހު ޕްރޮސްޓޭޓް ސާޖަރީއެއް ހަހަދާފައިވާއިރު އެ އޮޕަރޭޝަނަކީ ކާމިޔާބު އޮޕަރޭޝަނެއްކަމަށް ނަތަންޔާހޫގެ އޮފީހުން ވަނީ ކަށަވަރުކޮށްދީފައެވެ. ބޮޑުވަޒީރުގެ ހާލުކޮޅު ޖުމްލަގޮތެއްގައި ރަނގަޅު ކަމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އޮޕަރޭޝަން ކޮށްފައިވާކަމުގެ ޔަގީންކަން ރައްޔިތުންނަށް ވަނީ ދެއްވާފައެވެ. ނަތަންޔާހޫގެ އޮފީހުން އިތުރަށް ބުނެފައިވަނީ ބޮޑުވަޒީރުގެ ޑޮކްޓަރުންގެ ޓީމުން ވަނީ ބަލީގެ އަލާމާތްތައް ފިލުވައި އިތުރު އުނދަގުލެއް ކުރިމަތިވިޔަ ނުދިނުމަށް ސާޖަރީއެއް ހެދުމަށް ލަފާދީފައިވާކަމަށެވެ.
މިހާރުގެ ސިޔާސީ މާހައުލާއި ސަލާމަތީ ގޮތުން މިހާރު ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ރިއާޔަތްކޮށް އިސްރާއީލު ސަރުކާރުގެ ކަންކަން ބެލެހެއްޓުމުގެ ގާބިލުކަން ނަތަންޔާހޫއަށް ލިބިފައިވާކަމަށާއި، ނަތަންޔާހޫ ބޮޑުވަޒީރުކަމުގެ މަސްއޫލިއްޔަތު އަދާކުރައްވަމުން ގެންދަވާނެ ކަމަށާއި، މިހާރުގެ ހާލަތާއެކުވެސް ނަތަންޔާހޫގެ ވަޒީރުންނާއި އެޑްވައިޒަރުންނާ ގާތް ގުޅުމެއް ބާއްވަވާނެ ކަމަށް ނަތަންޔާހޫގެ އޮފީހުން ވަނީ ބުނެފަ އެވެ.
މި ޚަބަރު ފެތުރިފައިވާ މި ވަގުތަކީ ސަލާމަތީ ކަންކަމާއި އިގްތިސާދާއި ގުޅިފައިވާ ކަންކަމުގައި ސަރުކާރުގެ ތެރޭގައި އުފެދިފައިވާ ސިޔާސީ ބައިބައިވުންފަދަ އެކި ކަންކަމުގައި ނަތަންޔާހޫއަށް ދާޚިލީ ގޮތުންނާއި ބައިނަލްއަގްވާމީ ގޮތުން ޕްރެޝަރު ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ. އިޒްރޭލުގެ ލީޑަރެއްގެ ގޮތުގައި ގިނަ ދުވަސްތަކެއް ވަންދެން މަސައްކަތް ކުރައްވާފައިވާ ބޮޑުވަޒީރަކީ ނުފޫޒުގަދަ ބޭފުޅެއް ކަމަށްވާތީ އެމަނިކުފާނުގެ ސިއްހަތާ ގުޅޭ މައޟޫ އަކީ އަބަދުވެސް އާންމުންގެ ޝައުގުވެރިކަން ބޮޑު މައުޟޫއެކެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
