މާލެ: 31°C

ރެކޯޑެެއް: 6000 އަށްވުރެ ގިނަ މީހުން އުމުރާއަށް

December 29, 2024
2 ފަހަރު ބަލާފައި
ރެކޯޑެެއް: 6000 އަށްވުރެ ގިނަ މީހުން އުމުރާއަށް
ރެކޯޑެެއް: 6000 އަށްވުރެ ގިނަ މީހުން އުމުރާއަށް
މިއަހަރުގެ ޑިސެންބަރު މަހު ރާއްޖެއިން 6373 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ  އެމަނިކުފާނުގެ ސޯޝަލް މީޑިއާ އެކައުންޓެއްގައި ކުރެއްވި ޕޯސްޓެއްގައެވެ. މި ޕޯސްޓުގައި ވަޒީރު ވިދާޅުވެފައިވަނީ މިފަހަރު އެކި ކުންފުނިތަކުގެ ޙަވާލުގައި 6373 އަށްވުރެ ގިނަ މީހުން ޢުމްރާގެ އަޅުކަން އަދާކުރުމަށް މައްކާއަށް ގޮސްފައިވާ ކަމަށެވެ. އަދި މި ޑިސެންބަރު މަހު ރާއްޖެއިން ޢުމްރާއަށް ގޮސްފައިވާ އެންމެހައި އަޚުންނާއި އުޚުތުންގެ ޙާލުވެސް ރަނގަޅު ކަމަށް ވަޒީރު ވިދާޅުވެފައިވެއެވެ. މިކަމަށްޓަކައި ވަޒީރު ﷲ އަށް ޙަމްދުކުރައްވާފައިވެއެވެ. މިއީ ފާއިތުވި އަހަރުތަކާ އަޅާބަލާއިރު ވަރަށް ގިނަ އަދަދެއްގެ ދިވެހިން ޢުމްރާއަށް ގޮސްފައިވާ މަހެކެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ