މާލެ: 31°C

ތިމަރަފުށި މަރާމާރީ: ފަސް މީހަކު ހައްޔަރުކޮށްފި

December 29, 2024
2 ފަހަރު ބަލާފައި
ތިމަރަފުށި މަރާމާރީ: ފަސް މީހަކު ހައްޔަރުކޮށްފި
ތިމަރަފުށި މަރާމާރީ: ފަސް މީހަކު ހައްޔަރުކޮށްފި

ތ. ތިމަރަފުށީގެ ގެއަކަށް ވަދެ މާރާމާރީ ހިންގި މައްސަލައިގެ ތުހުމަތުގައި ފަސް މީހަކު ހައްޔަރުކޮށްފި އެވެ.

މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ތ. ތިމަރަފުށި، ޖަހާމުގުރިގެ، އަހުމަދު އަމީން (36އ) އާއި ތ. ތިމަރަފުށި، ސަލްވާ، އަހުމަދު ޝަހުދީ (38އ) އާއި ކ. މާލެ، ވ. ވަވަތް، މުހައްމަދު ރައޫފު (54އ) އާއި ތ. ތިމަރަފުށި، ގުލްބަކާވިލާ، އަބްދުﷲ އަޝްރަފް (39އ) އަދި ތ. ތިމަރަފުށި، ހިރި، އާޞް އިބްރާހީމް (32އ) އެވެ.

އެ މީހުން ހައްޔަރުކުރީ ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.

ތިމަރަފުށީގެ ގެއަކަށް ފަސް މީހަކު ވަދެ މާރާމާރީ ހިންގި މައްސަލަ ރިޕޯޓްކުރީ އިއްޔެ މެންދުރުފަހު 1:27 ހާއިރު އެވެ. ފުލުހުން ވަނީ މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ބުނެފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ