މާލެ: 31°C

ސަރުކާރުން އޮޑިވެރިންނަށް މިހާތަނަށް 981 މިލިއަން ރުފިޔާ ދޫކޮށްފި

December 29, 2024
2 ފަހަރު ބަލާފައި
ސަރުކާރުން އޮޑިވެރިންނަށް މިހާތަނަށް 981 މިލިއަން ރުފިޔާ ދޫކޮށްފި
ސަރުކާރުން އޮޑިވެރިންނަށް މިހާތަނަށް 981 މިލިއަން ރުފިޔާ ދޫކޮށްފި

މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށް ފަހު މިހާތަނަށް އޮޑިވެރިންނަށް 981 މިލިޔަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ސަރުކާރުގެ މަސް ކުންފުނި މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮންޕެނީ ލިމިޑެޓް (މިފްކޯ)އިން ބުނެފިއެވެ. ސަރުކާރުން މިހާރު ދަނީ 48 ގަޑިއިރުގެ ތެރޭގައި އޮޑިވެރިންނަށް ފައިސާ ދޫކުރަމުންނެވެ.

މި ސަރުކާރު ވެރިކަމާއި ހަވާލުވިއިރު، މަސް ދޯނިތަކުން ކިރުވާފައިވާ މަހަށް އޮޑިވެރިންނަށް ދޭންޖެހޭ 230 މިލިޔަނަށްވުރެ ގިނަ ރުފިޔާ އޮތެވެ. ނަމަވެސް ސަރުކާރުން ވަނީ އެ ފައިސާ ދީ ހަލާސްކޮށް ބެކްލޮކް އެއްކޮށް ފިލުވާލާފައެވެ. އަދި މިހާރު ކިރުވާ މަހަށް 48 ގަޑިއިރުގެ ކުރިން ދަނީ އޮޑިވެރިންނަށް ފައިސާ ދޫކުރަމުންނެވެ.

މިފްކޯއިން ވިދާޅުވީ މި ސަރުކާރު ވެރިކަމާއި ހަވާލުވުމަށްފަހު 17 ނޮވެމްބަރ 2023 އިން 28 ޑިސެމްބަރ 2024 ގެ ނިޔަލަށް މިފްކޯއަށް 55،925 މެޓްރިކް ޓަނުގެ މަސް ކިރުވާފައިވާކަމަށެވެ. އަދި ކިރުވާފައިވާ މަހަށް 981،126،385 ރުފިޔާ އޮޑިވެރިންނަށް ދީފައިވާ ކަމަށެވެ.

މިފްކޯއިން ބުނީ، އޮޑިވެރިންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދޫކުރުމުގައި ބޭންކް އޮފް މޯލްޑިވްސްއާއި، މާލީ ވުޒާރާއާއި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ވަރަށް ބޮޑު އެހީތެރިކަމަކާއި އެއްބާރުލުމެއް ލިބެމުންދާ ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ