މާލެ: 31°C

ރަން ފަށް ފޭރުނު މީހާ ބަދަލު ދޭން އެއްބަސްވެއްޖެ ކަމަށް ކޯޓުން ބުނެފި

December 29, 2024
2 ފަހަރު ބަލާފައި
ރަން ފަށް ފޭރުނު މީހާ ބަދަލު ދޭން އެއްބަސްވެއްޖެ ކަމަށް ކޯޓުން ބުނެފި
ރަން ފަށް ފޭރުނު މީހާ ބަދަލު ދޭން އެއްބަސްވެއްޖެ ކަމަށް ކޯޓުން ބުނެފި
މާލޭ އަލިކިލޭގެފާނު މަގުން ސައިކަލުގައި ދިޔަ އަންހެނެއްގެ ކަރުގައި އޮތް ރަން ފަށެއް ފޭރުނު މައްސަލާގައި ހައްޔަރުކުރި މީހާ, ބަދަލު ދޭން އެއްބަސްވެއްޖެ އެވެ. މި މަހުގެ 16 ވަނަ ދުވަހު ހެލްމެޓެއް އަޅައިގެން ސައިކަލެއްގައި ދިޔަ ފިރިހެނަކު، އަންހެނެއްގެ ކަރުގައި އޮތް ފަތް ޖަހައިގަންނަ މަންޒަރު ފެންނަ ސީސީޓީވީ ފުޓޭޖް ސޯޝަލް މީޑިއާގައި ދައުރުވާން ފެށި އެވެ. އެ މައްސަލާގައި ފުލުހުންގެ ހައްޔަރަށް ގެންދިޔައީ ވ ފިޔަބަރި، ހަސަން އިސާމް (30އ) އެވެ. އިސާމުގެ ބަންދާ މެދު ގޮތެއް ނިންމަން ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރުކުރި އެވެ. ކްރިމިނަލް ކޯޓުގެ ބަންދު އަމުރުން އެނގޭ ގޮތުން އިސާމް ކުށަށް އިއުތިރާފްވެފައިވެ އެވެ. އޭނާ އަތުގައި ރަން ފަށް ނެތް ކަމަށާއި ނަމަވެސް ފުލުހުންނަށް ފުރިހަމަ އެއްބާރުލުން ދޭނެ ކަމަށް ކޯޓުގައި ބުންޏެވެ.
އަދި ގެއްލުން ލިބުނު ފަރާތަށް ބަދަލު ދޭން ތައްޔާރަށް ހުރި ކަމަށް މީނާގެ ފަރާތުން ބުނެފައިވޭ" ކޯޓު އަމުރުގައި ބުންޏެވެ.
ކުށުގެ ގިނަ ރެކޯޑް އޮންނަ އިސާމުގް ބަންދަށް ކްރިމިނަލް ކޯޓުން ވަނީ އިތުރު 15 ދުވަސް ޖަހާފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ