މާލެ: 31°C

ލަންކާ މަސްބޯޓުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފި

December 29, 2024
2 ފަހަރު ބަލާފައި
ލަންކާ މަސްބޯޓުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފި
ލަންކާ މަސްބޯޓުގެ މައްސަލަ ތަހުގީގު ކުރުމަށް ފުލުހުންނާ ހަވާލުކޮށްފި
ގަވައިދާ ހިލާފަށް ރާއްޖޭގެ އިގުތިސާދި ސަރަހައްދަަަށް ވަދެގެން އުޅެނިކޮށް ޑްރޯން މެދުވެރިކޮށް ހޯދައި، އަތުލައިގަތް ބޯޓު ފުލުހުންނާ ހަވާލުކޮށްފި އެވެ. މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އަތުލައިގެން އެ ބޯޓު ފުރަތަމަ ހަވާލުކުރީ ކޯސްޓްގާޑަށެވެ. އެމްއެންޑީއެފުން މިއަދު ބުނީ އެއީ އެއީ ސްރީލަންކާ އަށް ނިސްބަތްވާ އުޅަނދެއް ކަމަށާއި އެ އުޅަނދުގައި 3 މީހަކު ތިބި ކަމަށެވެ. ޑްރޯން ބޭނުންކޮށްގެން މަސް ބޯޓުތައް މީގެ ކުރިން ވެސް އަތުލައިގެންފައިވެ އެވެ. ގާތްގަނޑަކަށް 570 މިލިއަނެއްހާ ރުފިޔާ ދައްކައިގެން މި ސަރުކާރުން ތުރުކީން ތިން ޑްރޯން ގެނައުމަށް ފަހު އެ ޑްރޯންތައް އޮޕަރޭޓްކުރަން ސިފައިންގެ ތެރޭގައި ފުރަތަމަ ފަހަރަށް ވައިގެ ބާރެއް މިދިޔަ މާޗު މަހު ވަނީ ތައާރަފްކޮށްފަ އެވެ. އެއާއެކު ރާއްޖެއަށް ގަވައިދާ ހިލާފަށް ވަދެގެން އުޅޭ ބޯޓުތައް ހޯދަން ވަނީ ފަސޭހަވެގެން ގޮސްފަ އެވެ. ގަަވައިދާ ހިލާފަށް ރާއްޖެ ވަދެގެން އުޅުނު ބޯޓެއް ދައުލަތަށް ނަގަން ދާދި ފަހުން ވެސް ސިވިލް ކޯޓުން ހުކުމްކޮށްފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ