މާލެ: 31°C

އަނެއްކާވެސް ޑްރަގް ބަސްޓެއް: މިފަހަރު 2.4 ކިލޯ

December 29, 2024
2 ފަހަރު ބަލާފައި
އަނެއްކާވެސް ޑްރަގް ބަސްޓެއް: މިފަހަރު 2.4 ކިލޯ
އަނެއްކާވެސް ޑްރަގް ބަސްޓެއް: މިފަހަރު 2.4 ކިލޯ
ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސާވިސްއިން އަތުލައިގެންފި އެވެ. އެކަމާ ގުޅިގެން ރޭ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ކަސްޓަމްސްއިން ބުނީ އެތަކެތި އަތުލައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ކަމަށެވެ. އަތުލައިގެން ތަކެތީގެ ތެރޭގައި ހެރޮއިންގެ 0.32 ކިލޯއާއި މެފެޑްރޯންގެ 2.1 ކިލޯ ހިމެނޭ ކަމަށް ވެސް ކަސްޓަމްސްއިން ބުނެ އެވެ. މި މަހުގެ 13 ވަނަ ދުވަހުވެސް ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 235 ގްރާމްގެ ކެނެބިސް ވެސް ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން އަތުލައިގެންފައިވެ އެވެ. އަދި މިދިޔަ މަހުގެ 30 ވަނަ ދުވަހު ރާއްޖެ އެތެރެކުރަން އުޅުނު 395 ގްރާމްގެ ކޮކެއިންވެސް އެއާޕޯޓުން ހިފަހައްޓާފައިވާ ކަމަށް ކަސްޓަމްސްއިން ބުނެ އެވެ. ވައިގެ މަގުން ރާއްޖެ އެތެރެކުރަން މަސައްކަތް ކުރާ މަސްތުވާތަކެތި ދޭތެރެ ދޭތެރެއިން އަތުލައިގަންނަމުންދާއިރު މިދިޔަ މަހުގެ 24 ވަނަ ދުވަހު ކަނޑުމަގުން ރާއްޖެ އެތެރެކުރަން މަސައްކަތްކުރި 1.518 ކިލޯގެ މެތަންޕެޓަމިން މާލޭގެ ކޮމާޝަން ހާބަރުން ވަނީ އަތުލައިގެންފަ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ