އާރްޑީސީގެ މައްސަލަ ތަހުގީގު ކުރާތީ މޫކޭގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފި

އާރްޑީސީގެ މައްސަލަ ތަހުގީގު ކުރާތީ މޫކޭގެ ޕާސްޕޯޓް ހިފަހައްޓައި ފުރުން މަނާކޮށްފި
ލިޔުން:
ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި، މަގު ހަދާ ކުންފުނި ރޯޑް ޑިވޮލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) އިން ހިންގި ކަމަށް ތުހުމަތު ކުރެވޭ ހިޔަނާތުގެ މައްސަލައާ ގުޅިގެން އެ ކުންފުނީގެ ކުރީގެ އެމްޑީ މޫސާ އަލި މަނިކު(މޫކޭ) ފުރުން މަނާކޮށް ޕާސްޕޯޓް ހިފަހައްޓައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މޫކޭގެ އިތުރުން އެ ކުންފުނީގެ ކުރީގެ ސީއެފްއޯ ޔާސިރު ހަސަންވެސް ވެސް ފުރުން މަނާކޮށްފައިވާ ކަމަށެވެ. އަދި އެކަން އެ ދެ މީހުންނަށް އަންގާފައިވާނެ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބަލަމުން އަންނަނީ އާރުޑީސީގެ ޕޭޔަބަލްސް މެނޭޖަރުގެ ނަމުގައި ހުޅުވާފައިވާ ބޭންކް އެކައުންޓަށް އެ ކުންފުނިން ގިނަ އަދަދެއްގެ ފައިސާ ޖަމާކޮށް، އެ ފައިސާއިން މުއާމަލާތުކޮށްފައިވާ ތުހުމަތު ކުރެވޭ މައްސަލައެކެވެ.
އަދި އާރުޑީސީއަށް ލިބޭ ފައިސާ އިސްވެރިންނާއި އެ ކުންފުންޏާ ގުޅުން އޮންނަ ފަރާތްތަކަށާއި ކުންފުނިތަކަށް ދޫކޮށް، ގިނަ އަދަދެއްގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަ އެވެ.
މައްސަލަ އާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ވަނީ ބުރާސްފަތި ދުވަހުގެރޭ ތިން ތަނަކަށް ވަދެ، ބަލައި ފާސްކޮށްފަ އެވެ.
މައުލޫމާތު ލިބޭ ގޮތުން މޫކޭ ދިރިއުޅުއްވާ ގަލޮޅުގައި ހުންނަ ގެޔަކާއި ޔާސިރަށް ނިސްބަތްވާ ވިނަރެސް ފްލެޓަކާއި ހުޅުމާލޭގައި ހުންނަ ގެޔެއް ބަލައި ފާސްކޮށް، އިލެކްޓްރޯނިކް ސާމާނުތަކެއް ފުލުހުން ވަނީ ގެންގޮސްފަ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
