
މަސްތުވާތަކެތި ފެނުމުން އަޅުވަން އުޅުނީ ބައްޕަގެ ބޮލުގައި
މަސްތުވާތަކެތި ފެނުމުން އަޅުވަން އުޅުނީ ބައްޕަގެ ބޮލުގައި
ލިޔުން:
މަސްތުވާތަކެއްޗާ އެކީ ފުލުހުން ހައްޔަރުކުރި ޒުވާނަކު އޭނަގެ އަތުން ފެނުނު މަސްތުވާތަކެއްޗަކީ ބައްޕަގެ ތަކެތިކަމަށް ބުނެފިއެވެ.
ފުލުހުންހިންގި އޮޕަރޭޝަނެއްގައި އެ މައްސަލައިގައި ހައްޔަރަކުރީ މުހައްމަދު ރިޝްވާން ނައީމް ކިޔާ 23 އަހަރުގެ ޒުވާނެކެވެ. އޭނަގެ އަތުން ފެނުނު މަސްތުވާތަޗެއްކީ ބައްޕަގެ އެއްޗެހި ކަމަށް ބުނި ނަމަވެސް ބައްޕަ އެކަންވަނީ ދޮގުކޮށްފައިވެ އެވެ. ރިޝްވާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް އިއްޔެ ހާޒިރު ކުރުމުން ކަސްޓޯޑިއަލް ޖަލެއްގައި 30 ބަންދު ކުރަން އެ ކޯޓުން ވަނީ އަމުރުކޮށްފަ އެވެ. ރިޝްވާންގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި، އެ ތަކެތި ބަންދު ކުރުމަށް ކަމަށް ބެލެވޭ ތަކެތި ފެނިފައިވާ ކަމަށް ފާހަގަކޮށްފައިވެ އެވެ.
ކުރިމިނަލް ކޯޓުން އޭނާ ބަންދުކުރުމަށް މުއްދަތު ޖަހާދީފައިވަނީ ސީނަށް ދިޔަ ފުލުހުންގެ ބަޔާނާއި، ސީން އޮފް ކްރައިމް އޮފިސާސް ރިޕޯޓާއި އިންޓެލިޖެންސް ރިޕޯޓާއި މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓާއި ކުޑަކަމުދާ ތަކެތީގެ ތަހުލީލު ރިޕޯޓަށް ބަލާއިރު، ތުހުމަތު ކުރެވޭ މިންވަރަށް ހެކި ހުރި ކަމަށް ބެލެވޭތީ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
