
އުމުރާއަށް ގޮސްއުޅެނިކޮށް ދިވެއްސަކު ގެއްލިގެން ހޯދަނީ
އުމުރާއަށް ގޮސްއުޅެނިކޮށް ދިވެއްސަކު ގެއްލިގެން ހޯދަނީ
ލިޔުން:
އުމްރާއަށް ގޮސްއުޅުނު ދިވެހި ފިރިހެނަކު ގެއްލިގެން ހޯދަން ފަށައިފި އެވެ.
ޔަލަމްލަމް ހައްޖު އެންޑް އުމްރާ ގުރޫޕުގެ ޚަވާލުގައި އުމުރާއަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަންފަށާފައިވަނީ ޏ. ފުވައްމުލަށް/ސްޓެއްލާ، ހުސެއިން މުހައްމަދު ދީދީ އެވެ. އެ ޖަމާއަތުން މިއަދު ބުނެފައިވަނީ ހުސެއިން މުހައްމަދު ދީދީ ގެއްލިފައިވަނީ އުމްރާގެ އަޅުކަން ފުރިހަމަ ކުރުމަށް ސަޢީ ކުރަނިކޮށް ކަމަށާއި އޭނާ އެއްމެފަހުން ލައިގެންހުރީ އިހުރާމް ހެދުން ކަމަށާއި އަދި ކަރުގައި ޖަމާއަތުގެ ފާސްވެސް އަޅާފައި އޮންނާނެ ކަމަށެވެ.
އެ ޖަމާއަތުންވަނީ ހުސެއިން މުހައްމަދު ދީދީއާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިއްޖެނަމަ އެކަން އަންގައިދިނުމަށް ވަނީ އެދިފަ އެވެ. އެގޮތުން ހުސެއިން މުޙައްމަދުދީގެ އެއްވެސް ޚަބަރެއްވެއްޖެނަމަ މައްކާއިން ގުޅޭނެ ނަމްބަރު: 593709492 966+ / 565836862 966+ މާލެއިން ގުޅޭނެ ނަމްބަރު: 9199919 / 7901612 އަށް ގުޅުމަށްވެސް އެ ޖަމާއަތުން ވަނީ އެދިފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
