ލިބިފައިވާ ބާރު ބަދަލު ހިފުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރުމުން ދުރުހެލިވެތިބުމަށް ފުލުންހުންގެ މުއައްސާސާއަށް ހަނދާންކޮށްދޭ ކަމަށާއި، ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގެ މޭޔަރުގަ ހައިސިއްޔަތުން މިއަދު މާލޭގެ ރައްޔިތުނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހްސާސު އިންތިހާއަށް ކުރެވޭ ކަމަށް މާލޭސިޓީގެ މޭޔަރ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.
މާލެ ސިޓީގެ މޭޔަރ އާދަމް އާޒިމް އެމަނިކުފާނުގެ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ވިދާޅުވެފައިވަނީ މައިންނާއި ޅަދަރިން ރޭގަނޑު އަރާމުކުރާ ވަޤުތުގައި ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރޭޑްތައް ހިންގުމުން، އާއިލާތައް ވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށްކަމަށާއި، މިއަދު މިފަދަ ކަންކަން ހިނގާތަން ފެނުމަކީ އެމަނިކުފާނަށް ވަރަށް ބޮޑު މާޔޫސް ކަމެއް ލިބޭ ކަމެއްކަމަށާއި، އެމަނިކުފާނަށް މީގެ ކުރިންވެސް އެފަދަ ހާދިސާތައް ވަނީ ތަޖުރިބާކުރެވިފައިކަމަށެވެ.
މިއަދު ލިބިފައިވާ ބާރު ބަދަލު ހިފުމުގެ ވަސީލަތެއްގެ ގޮތުގައި ބޭނުންކުރެއްވުމުން، ދުރުހެލިވެތިބުމަށް، އަޅުގަނޑު ފުލުންހުންގެ މުއައްސާސާއަށް ހަނދާންކޮށްދެމެވެ. ރާއްޖޭގެ ވެރިކަން ކުރާ ރަށް ކަމުގައިވާ މާލޭގެ މޭޔަރުގަ ހައިސިއްޔަތުން، މިއަދު މާލޭގެ ރައްޔިތުނަށް އަމާންކަމާއި ރައްކާތެރިކަން ނެތްކަމުގެ އިހްސާސު އަޅުގަޑު އިންތިހާއަށް ކުރެވޭ ވާހަކަ ހިތާމައާއި އެކު ދަންނަވަމެވެ.
މައިންނާއި ޅަދަރީން ރޭގަނޑު އަރާމުކުރާ ވަޤުތުގައި ގޭގެއަށް ވަދެ އާއިލާގެ ނިދި ގެއްލުވާލައި ފުލުހުން ރޭޑްތައް ހިންގުމުން، އާއިލާތައް މިވައްޓާލެވެނީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރެއަށެވެ. މިއަދު މިފަދަ ކަންކަން ހިނގާތައް، ފެނުމަކީ އަޅުގަނޑަށް ވަރަށް ބޮޑު މާޔޫސް ކަމެއް ލިބޭ ކަމެކެވެ. އަޅުގަނޑުމެންނަށް މީގެ ކުރިންވެސް މިފަދަ ހާދިސާތައް ވަނީ ތަޖުރިބާކުރެވިފައެވެ.
އިތުރަށް އެމަނިކުފާނުގެ ޕޯސްޓްގައި ވިދާޅުވެފައިވަނީ އަމިއްލައަށް އުފަންކުރުވާ އިންޓެލިޖެންސް ރިޕޯޓްތަށް ބޭނުންކޮށްގެން ހެކިބަހަށްޓައި ފްރޭމްކުރުމަށް ހިންގި މީގެ ކުރިން އެތަށް އާއިލާއަކަށް ވަނީ ހިތާމައާއި ބިރުވެރިކަން ލިބިފައިކަމަށާއި، ނަމަވެސް މިއަދާ ހަމައަށްވެސް އެފަދަ ބޮޑެތި ޖަރީމާތައް ހިންގި ފަރާތައް އިންސާފުގެ ކުރިމައްޗަށް ގެނެވިފައި ނުވާ ކަމަށެވެ. އަދި އެމަނިކުފާނަކީ އެފަދަ ހިތާމަތައް އަމިއްލަ ފުޅަށް ތަޖުރިބާކުރެއްވި ފާރާތެއް ކަމަށާއި އެގޮތުން އެފަދަ ކަންކަން ތަޖުރިބާކުރައްވަން ޖެހުނު ފަރާތެއްގެ ހައިސިއްޔަތުން ޤާނޫނު ތަންފީޒު ކުރައްވާ ފަރާތްތަކުގެ އަމަލުތަކުގައި ޕްރޮފެޝަނަލިޒަމް ދަމަހައްޓަވައި ދެއްވުމަށްވެސް އެމަނުކުފާނުގެ ޕޯސްޓުގައި ވަނީ ގޮވާލައްވާފައެވެ.
އަމިއްލައަށް އުފަންކުރުވާ އިންޓެލިގެންސް ރިޕޯޓާއި އަދި ފްރޭމްކުރުމަށް ހެކި ބަހައްޓާގެން ހިންގި ރޭޑުތަކުން އެތަށް އާއިލާތަކަކަށް ވަނީ އަނިޔާއި ހިތާމަ ބޭއިންސާފުން ލިބިފައެވެ. އަދި މިއަދާ ހަމައަށްވެސް މިފަދަ ބޮޑެތި ޖަރީމާތައް ހިނގި ފަރާތްތައް އިންސާފު ކުރިމަައްޗަށް ގެނެވިފައިނެތެވެ. މިފަދަ ހިތާމަވެރިކަންކަން،
އަމިއްލައަށް ތަހައްމަލުކޮށްފައިވާ މީހެއްގެ ހައިސިއްޔަތުން ދަންނަވަންއޮތީ، ޤާނޫނު ތަންފީޒު ކުރައްވާ ފަރާތްތަކުގެ އަމަލުތަކުގައި ޕްރޮފެޝަނަލިޒަމް ދަމަހައްޓަވައި ދެއްވާށެވެ.