
ގޭބަންދަށް ހުކުމް ކޮށްފައިވާ މީހަކު، ފިހާރައެއް ފަޅާލައި ވަށްކަންކޮށްފި
ގޭބަންދަށް ހުކުމް ކޮށްފައިވާ މީހަކު، ފިހާރައެއް ފަޅާލައި ވަށްކަންކޮށްފި
ލިޔުން:
ގޭބަންދު ހުކުމެއް ތަންފީދު ކުރަމުންދިޔަ މީހަކު ފިހާރައެއް ފަޅާލައި ވަށްކަންކުރި މައްސަލައެއްގައި ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނެފައިވަނީ ގޭބަންދު ހުކުމެއް ތަންފީދުކުރަމުންދިޔަ ރ.މީދޫ/ބުލްބުލްގެ، 40 އަހަރުގެ އަޒްމީލް މުޙައްމަދު މާފަންނުގައި ހުންނަ "ސްޕައި އެންޑް ޓެކް" މޯބައިލް ފިހާރަ ދޮރު ހަލާކުކޮށްލައިގެން ވަދެ އެފިހާރައިން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވާކަމަށާއި، އެ މައްސަލައިގެ ތުހުމަތުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އެފިހާރައިން ވަގަށް ނަގާފައިވާކަމަށް ބެލެވޭ 5 ފޯނު އޭނާގެ އަތުން ފެނިފައިވާ ކަމަށެވެ.
އިތުރަށް ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކޮށްފައިވާ އަޒްމީލަކީ މިއަހަރުގެ އޮކްޓޫބަރު 6 ވަނަ ދުވަހުގެ ވަގުތެއްގައި "ކްރޭވެސް ޓޭކްއަވޭ" ރެސްޓޯރަންޓުން ވައްކަން ކޮށްފައިވާ މައްސަލައާ ގުޅިގެން ކުށް ސާބިތުވެ 5 މަހާއި 22 ދުވަހަށް ގޭބަންދުކުރުމަށް މިއަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު ކްރިމިނަލް ކޯޓުން ހުކުމްކޮށްފައިވާ މީހެއް ކަމަށާއި، އަދި އޭނާއަކީ މީގެކުރިން އެކި މައްސަލަތަކާ ގުޅިގެން 59 ފަހަރެއްގެ މަތިން ހައްޔަރުކޮށްފައިވާ މީހެއް ކަމަށެވެ.
މަސްތުވާތަކެތި ބޭނުންކުރުމާއި ވައްކަމާއި ފޭރުމުގެ ކުށުގެ ރެކޯޑްސް އޮންނަ އަޒްމީލް ގޭބަންދުގައި ހުރެ "ސްޕައި އެންޑް ޓެކް" ފިހާރަ ފަޅާލައި ވައްކަންކޮށްފައިވާ މައްސަލައާ ގުޅިގެން ބަންދާމެދު ގޮތެއް ނިންމުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އޭނާގެ ބަންދަށް15 ދުވަސް ޖަހާދީފައިވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
