
މޫކޭ އާއި ޔާސިރު ދިރިރިއުޅޭ ތަންތަން ބަލައިފާސްކޮށް އިލެކްޓްރޯނިކް ސާމާނުތައް ހިފަހައްޓައިފި
މޫކޭ އާއި ޔާސިރު ދިރިރިއުޅޭ ތަންތަން ބަލައިފާސްކޮށް އިލެކްޓްރޯނިކް ސާމާނުތައް ހިފަހައްޓައިފި
ލިޔުން:
ރޯޑް ޑިވެލޮޕްމެންޓު ކޯޕަރޭޝަން (އާރްޑީސީ)ގެ ކުރީގެ އެމްޑީ މޫސާ އަލިމަނިކް (މޫކޭ) އާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންސިނގ އޮފިސަރ ޔާސިރު ހަސަން ދިރިއުޅޭތަން ފުލުހުން ބަލައިފާސްކޮށް އެތަންތާގައި ހުރި އިލެކްޓްރޯނިކް ސާމާނުތައް ހިފަހައްޓައިފިއެވެ.
ފުލުހުން ރޭ ވަނީ އާރްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ދިރިއުޅޭ ތަނާއި އެ ކުންފުނީގެ ކުރީގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުގައި ހުރި ޔާސިރު ހަސަން އަށް ނިސްބަތްވާ ދެ ތަނެއް ބަލައި ފާސްކޮށްފަ އެވެ. އެގޮތުން ފުލުހުންގެ ތަރުޖަމާން އަހްމަދު ޝިފާން ވިދާޅުވީ އެ ތަންތަން ބަލައި ފާސްކުރުމުގެ އިތުރަށް، އިލެކްޓްރޯނިކް ސާމާނުތައް ވެސް ހިފަހައްޓާފައިވާ ކަމަށެވެ.
2022 ސެޕްޓެންބަރު މަހު ފެންމަތިވި ހިޔާނާތުގެ މައްސަލަތަކުގައި އެ ކުންފުނީގެ ގިނަ މުވައްޒިފުންތަކެއް ބައިވެރިވެފައިވާ ކަމަށް ފާހަގަކޮށްފައިވާއިރު އެ ކުންފުނީގެ ތިން މީހެއްގެ އެކައުންޓަށް އެކި ފަހަރުމަތިން 14 މިލިއަނެއްހާ ރުފިޔާ ޖަމާކޮށްފައިވާ ކަމަށާއި އެކެއްގެ އެކައުންޓަށް 216 ޓްރާންސެކްޝަން ހަދާފައިވާ ކަމަށް ފުލުހުން މީގެ ކުރިން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
