ޢަލީ ހަމީދު ކުންފުންޏަށް 44 މިލިއަން ރުފިޔާ ދިން މައްސަލަ އަވަހަށް ބަލަން އަންގައިފި

ޢަލީ ހަމީދު ކުންފުންޏަށް 44 މިލިއަން ރުފިޔާ ދިން މައްސަލަ އަވަހަށް ބަލަން އަންގައިފި
ލިޔުން:
ރައްޔިތުންގެ މަޖިލިހުގެ އިސްދޫ ދާއިރާގެ ކުރީގެ މެމްބަރު އަލީ ހަމީދުގެ ކުންފުންޏަކަށް ދައުލަތުން 44 މިލިއަން ރުފިޔާ ދިން މައްސަލައެއްގެ ތަހުގީގު އަވަސްކުރަން ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން އަންގައިފި އެވެ.
އާސަންދަ ކުންފުނިން ޕްރައިވެޓް ރޫމްތަކާއި އޮޑިޓޯރިއަމެއް ވެސް ހިމެނޭ ގޮތަށް 6 ފްލޯގެ މަލްޓިޕާޕަސް އޮފީސް އިމާރާތެއް އެޅުމަށް އަލީ ހަމީދުގެ ކުންފުނި، ނޯތު ކޯސްޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ހަވާލުކޮށްފައި ވަނީ 2016 ވަނަ އަހަރު އެވެ.
ޕްރޮޖެކްޓް ހަވާލުކުރި ނަމަވެސް، މަސައްކަތް ކުރިއަށް ކުރިއަށް ނުގެންދަނީސް އެ ކުންފުންޏަށް، މިދިޔަ ސަރުކާރުގައި އެޑްވާންސަށް 44 މިލިއަން ރުފިޔާ ދިން މައްސަލައެއް މި އަހަރުގެ ޖުލައި މަހު ވަނީ ފެންމަތިވެފަ އެވެ.
އެ މައްސަލަ އާ ގުޅިގެން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީއަށް ހަމީދު އަދި އާސަންދަ ކުންފުނީގެ ވެރިން ހާޒިރުކޮށް ސުވާލުކޮށްފައިވެ އެވެ. މައްސަލަ އާ ގުޅިގެން ކޮމިޓީގެ މެމްބަރުން ސުވާލު ކުރުމުން ހަމީދު ވިދާޅުވެފައި ވަނީ ކުންފުންޏަށް ލިބިފައިވާ ފައިސާއަކީ އާސަންދަ އާއެކު ހެދުނު އެއްބަސްވުމުގެ ދަށުން ލިބެން ޖެހޭ އެޑްވާންސް ފައިސާ ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
