މާލެ: 31°C

ސިޓީ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް އައްޔަށްކޮށްފި

December 26, 2024
2 ފަހަރު ބަލާފައި
ސިޓީ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް އައްޔަށްކޮށްފި
ސިޓީ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް އައްޔަށްކޮށްފި
މާލެ ސިޓީ ކައުންސިލަށް ފުރަތަމަ ފަހަރަށް އިންޓާނަލް އޮޑިޓަރެއް އައްޔަންކޮށްފި އެވެ. މާލޭގެ މޭޔަރު, އާދަމް އާޒިމް ރޭ "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އިންޓާނަލް އޮޑިޓަރުން އައްޔަންކުރުމަކީ މާލެ ސިޓީ ކައުންސިލުން ކުރާ ކަންކަމުގައި ފުރިހަމައަށް ޖަވާބުދާރީވުމަށާއި އާންމުންގެ އިތުބާރު ހޯދުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށެވެ. ސިޓީ ކައުންސިލުން ބުނީ އެ ކައުންސިލްގެ އިންޓާނަލް އޮޑިޓެއް ކުރަން ހަވާލުކޮށްފައިވަނީ "ކުރޯ މޯލްޑިވްސް އެލްއެލްޕީ" ނަމަކަށް ކިޔާ ކުންފުންޏަކަށް ޖީއެސްޓީ އާއެކު ޖުމްލަ 466,560 ރުފިޔާއަށް ކަމަށެވެ. އެ ކުންފުންޏަށް މަސައްކަތް ހަވާލުކޮށްފައިވަނީ ދެ އަހަރު ދުވަހުގެ މުއްދަތަށް، މިއަދުން ފެށިގެން 2026 ވަނަ އަހަރު ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެ. އާޒިމް އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލުގެ އަމާޒަކީ ކުރާ ހުރިހާ ކަމެއްގައި ވެސް ނަޒާހަތްތެރިކަން ކަށަވަރު ކުރުން ކަމަށެވެ. އެޅުނު މި ބިންގަލާ އެކު މާލެ ސިޓީގެ މުސްތަގުބަލު ބައްޓަންވެގެންދާނީ ދެފުށްފެންނަ ގޮތަށް, މަސައްކަތްކުރާ މުއައްސަސާއެއް ގޮތުގައިކަން ވެސް ފާހަގަކުރެއްވި އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ