- ރާޖްޕަކްޝަ ގެމަގޭ ދެނޫޝަ މަޑުމަލް (21އ)
- މުއްތިމާ ޕަޓަބިންދިގޭ އަމިޝްކް ސަންޖީވަ ކުމާރަ (22އ)
- ޗަމޮދް ދިވަންގާ ދިލަކާވަ (22އ)
- ލޮރެންސު ހޭވާގީ ސަރަތު (56އ)
- ވިޖޭވީރަ ގުނަރަތުނާ މަހާވިދޯމާ (37އ)
468 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ- ލަންކާ ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

468 ކިލޯގެ މަސްތުވާތަކެތީގެ މައްސަލަ- ލަންކާ ފަސް މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި
ލިޔުން:
ރާއްޖޭގެ ކަނޑުގެ ސަރަަހައްދުން 468 ކިލޯގެ މަސްތުވާތަކެއްޗާއެކު އަތުލައިގަތް ސްރީލަންކާގެ މަސް ބޯޓުން ހައްޔަރުކުރި 5 މީހުންގެ ބަންދުގެ މުއްދަތު 30 ދުވަހަށް ކްރިމިނަލް ކޯޓުން އިތުރުކޮށްފި އެވެ.
މިދިޔަ މަހުގެ 23 ވަނަ ދުވަހުގެ ރޭ ދަންވަރު 12:45 އެހައިކަންހާއިރު މަކުނުދޫ ބޭރުން އަތުލައިގަނެފައިވަނީ "އަށެންޕުތަ" ނަމަކަށް ކިޔާ މަސްބޯޓެެކެވެ.
އެ ބޯޓު އަތުލައިގަތީ އެމްއެންޑީއެފުންނެވެ. އެއަށްފަހު ބޯޓު ކުޅުދުއްފުށި ސިޓީގެ ބަނދަރަށް ގެންގޮސް ބަލައި ފާސްކުރިއިރު 468.6 ކިލޯގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެ އެވެ.
އޭގެ ތެރޭގައި ހިމެނެނީ 344 ކިލޯގެ ކްރިސްޓަލް މެތު އަދި 124.6 ކިލޯގެ ކޮކެއިން ކަމަށް ފުރަތަމަ މަރުހަލާގެ ޓެސްޓުތަކުން ދައްކާ ކަމަށް ކޮމިޝަނާ އިފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެފައިވެ އެވެ. އަތުލައިގަތް މަސްތުވާތަކެތީގެ މަގުމަތީ އަގު އެއް ބިލިއަން ރުފިޔާ އަށް އަރަ އެވެ.
އެ ބޯޓުން ހައްޔަރުކުރި މީހުންގެ ބަންދަށް ފުރަތަމަ ޖެހީ 30 ދުވަހެވެ.
ހައްޔަރުކުރި މީހުންނަކީ:
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
