އެއާޕޯޓް ތަރައްގީކުރުމަށް އިތު 40 މިލިއަންޑޮލަރުގެ ލޯނެއް

އެއާޕޯޓް ތަރައްގީކުރުމަށް އިތު 40 މިލިއަންޑޮލަރުގެ ލޯނެއް
ލިޔުން:
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއު ފުރިހަމަ ކުރުމަށްޓަކައި އަބޫދާބީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އިން ރާއްޖެއާއެކު އިތުރު 40 މިލިއަން ޑޮލަރުގެ ލޯނު އެއްބަސްވުމެއްގައި ސޮއިކޮށްފި އެވެ.
ލޯނު އެއްބަސްވުުގައި ސޮއިކުރުމަށްޓަކައި އަބޫ ދާބީގައި ބޭއްވި ރަސްިއްޔާތުގައި ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރައްވާފައިވަނީ ފައިނޭންސް މިނިސްޓަރ މޫސާ ޒަމީރު އެވެ. އޭޑީއެފްޑީ ގެ ފަރާތުން އެ އެއްބަސްވުމުގައި ސޮއިކުރެއްވީ އެ ފަންޑުގެ ޑައިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީއެވެ.
ސޮއިކުރުމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އޭޑީއެފްޑީގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ސައިފް އަލް ސުވައިދީ ވިދާޅުވީ އެ އެއްބަސްވުމަކީ ރަހުމަތްތެރި ގައުތަކުގައި އުމްރާނީ ތަރައްގީ އަށް އަބޫދާބީ ފަންޑުން އަދާކުރަމުން އަންނަ މުހިންމު ދައުރު ހާމަވާ ކަމެއް ކަމަށާއި، ރާއްޖެއާއެކު ސޮއިކުރެވުނު އެއްބަސްވުމުގެ ދަށުން ދޫކުރެވޭ ލޯނުގެ ސަބަބުން ރާއްޖޭގެ މައި އެއާޕޯޓް އެއާޕޯޓް ޒަމާނީ ފެންވަރަށް ތަރައްގީކުރެވުމަކީ ލިބޭ އުފަލެއް ކަމަށެވެ. އެ ރަސްމިއްޔާތުގައި ރާއްޖޭގެ ފައިނޭންސް މިނިސްޓަރ މޫސާ ޒަމީރު ވަނީީ ރާއްޖޭގެ ތަރައްގީއާއި ކުރިއެރުމަށް އަބޫދާބީ ފަންޑުން ޒަމާނުއްސުރެ ފޯރުކޮށް ދެމުން އަންނަ އެހީ ފާހަގަ ކުރައްވައި ޝުކުރު އަދާކުރައްވައިފަ އެވެ.
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ އާ ޓާމިނަލްގެ މަސައްކަތް ނިންމައި އަވަހަށް ހުޅުވުމަށްޓަކައި މީގެ ކުރިންވެސް އަބޫދާބީ ފަންޑުން ވަނީ 50 މިލިއަން ޑޮލަރުގެ ލޯނެއް ނަގާފައެވެ. އެ ޓާމިނަލް ގެ މަސައްކަތަކީ ސައުދީ ފަންޑުން ނަގާފައިވާ 180 މިލިއަން ޑޮލަރުން ފަށާފައިވާ މަސައްކަތެކެވެ. މިހާރު އެ ޓާމިނަލްގެ ލޯނުގެ ޖުމްލަ އަގުވަނީ 270 މިލިއަން ޑޮލަރަށް އަރާފައެވެ. އާ ޓާމިނަލް އެއްކޮށް ބޭނުން ކުރަން ފެށުމުން އަހަރަކު ގާތްގަނޑަކަށް 7.5 މިލިއަން ފަސިންޖަރުންނަށް ހިދުމަތް ދެވޭނެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
