ފަޒުލްގެ ބޭބެ ފަޒީލްގެ ފޯނު ހިފަހައްޓައިފި

ފަޒުލްގެ ބޭބެ ފަޒީލްގެ ފޯނު ހިފަހައްޓައިފި
ލިޔުން:
ފުލުހުންގެ ތަހުގީގުކުރަމުންދާ ބިންވެރިޔާ ހައުސިން ސްކީމާ ގުޅުންހުރި މައްސަލައާ ގުޅިގެން ސަސްޕެންޑްކޮށްފައިވާ އެމްޑަބްލިއުއެސްސީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުހައްމަދު ފަޒީލްގެ ފޯނު ފުލުހުން ހިފަހައްޓައިފި އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ ފަޒީލްގެ ފޯނު ހިފެހެއްޓީ ކޯޓު އަމުރެއްގެ ދަށުން މިއަދު ކަމަށެވެ.
މީގެ ކުރިން ވަނީ އެޗްޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަދި ފަޒީލް ރަޝީދު ކޮއްކޮ ފަޒުލް ރަޝީދު ދިރިއުޅޭ ފުލުހުން ބަލާ ފާސްކޮށް، އިލެކްޓްރޯނިކް ބައެއް ސާމާނާއި ފައިލެއް ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.
ފަޒީލް އާއި ފަޒުލްއަށް ވެސް ކުރަނީ ކުރީ ސަރުުކާރުގެ ގެދޮރުވެރިޔާ ސްކީމުގައި ނުހިމެނެނީސް، ފޯޖް ޑޮކިއުމެންޓް ހަދައިގެން ބަޔަކަށް ގޯތި ހޯދައިދިން މައްސަލައެވެ. މި މައްސަލައާ ގުޅިގެން ދެމީހުންގެ ޕާސްޕޯޓް ވެސް ވަނީ ހިފަހައްޓާފައެވެ.
މި މައްސަލަ ތަހުގީގު ކުރަމުން ގެންދަނީ އޭސީސީ އާއި ފުލުހުން ގުޅިގެންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
