މާލެ: 31°C

އެޗްޑީސީގެ ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދީފި

December 25, 2024
2 ފަހަރު ބަލާފައި
އެޗްޑީސީގެ ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދީފި
އެޗްޑީސީގެ ވަޒީފާއިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ދީފި
އެޗްޑީސީގެ ތެރޭގައި ހިންގާފައިވާ ހިޔާނާތުގެ އަމަލުތަކާ ގުޅިގެން އެ ކުންފުނިން ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ހަމަޖައްސައިދިނުމަށްފަހު، އެ މުވައްޒަފުން ސަސްޕެންޑްކޮށްފި އެވެ. ވަކިކުރި މުވައްޒަފުންގެ ތެރޭގައި 15 މީހަކު ހިމެނޭއިރު އޭގެތެރޭގައި ކުންފުނީގެ އެންމެ އިސް ބޭފުޅުންވެސް ހިމެނެ އެވެ. ވަޒީފާ އަލުން ހަމަޖެއްސި މީހުންގެ ތެރޭގައި ޗީފް ފައިނޭންޝަލް އޮފިސަރު އަބްދުﷲ ފާއިދާއި ޗީފް ބިޒްނަސް އޮފިސަރު އަދި މީޑިއާ ޑިޕާޓްމެންޓްގެ ހެޑް އަހުމަދު ޔާމީންވެސް ހިމެނެ އެވެ. އެޗްޑީސީގެ އޮފިޝަލަކު ވިދާޅުވީ މިދިޔަ އާދިއްތަ ދުވަހު ވަކިކުރި މުވައްޒަފުންނަށް އަލުން ވަޒީފާ ހަމަޖެއްސި ނަމަވެސް އެ މުވައްޒަފުންގެ މައްސަލަތައް ބަލައި އަޅަންޖެހޭ ފިޔަވަޅުތައް އެކި މަރުހަލާގައި އަދިވެސް އަޅަމުން ގެންދާނެ ކަމަށެވެ. ވަޒީފާ އިން ވަކިކުރުމަށްފަހު އަލު ވަޒީފާ ހަމަޖެއްސި މުވައްޒަފުންނަކީ އެޗްޑީސީގެ ތެރޭގައި ހިންގި ހިޔާނާތުގެ އަމަލުތައް ފެންމަތިވިއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކަށް ހުންނެވި ފަޒުލް ރަޝީދުގެ ގާތް ބައެކެވެ. އެޗްޑީސީގެ މިހާރުގެ މެނޭޖިން ޑިރެކްޓަރު މައުރޫފް ޖަމީލް މަގާމާ ހަވާލުވެވަޑައިގެން މިހާރު ގެންދަވަނީ އެޗްޑީސީގެ ތެރޭގައި ހުރި މައްސަލަތައް ހަމައަކަށް އަޅުއްވަމުން ކަމަށްވެސް އެ ކުންފުނީގެ ބައެއް އޮފިޝަލުން ވިދާޅުވެފައިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ