މާލެ: 31°C

ޣައިރު ދީންތަކުގެ ޝިއާރު ފާޅުކުރުމަކީ މަނާ ކަމެއްކަން ހަނދާން ކޮށްދީފި

December 25, 2024
2 ފަހަރު ބަލާފައި
ޣައިރު ދީންތަކުގެ ޝިއާރު ފާޅުކުރުމަކީ މަނާ ކަމެއްކަން ހަނދާން ކޮށްދީފި
ޣައިރު ދީންތަކުގެ ޝިއާރު ފާޅުކުރުމަކީ މަނާ ކަމެއްކަން ހަނދާން ކޮށްދީފި
ރާއްޖޭގައި އެހެން ދީންތަކުގެ ޝިއާރު ފާޅުކުރުމާއި، ހަރަކާތްތައް ހިންގުމަކީ މަނާކަމެއްކަން އިސްލާމިކް މިނިސްޓްރީން ހަނދާންކޮށްދީފި އެވެ. މިކަން އިސްލާމިކް މިނިސްޓްރީއިން ހަންދާން ކޮށްދީފައިވަނީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ސޮއިކުރައްވައި ހުރިހާ ރަށެއްގެ ކައުންސިލަށް ފޮނުވި ސާކިއުލާއެއްގަ އެވެ. އެ ސާކިއުލާގައި ވިދާޅުވެފައި ވަނީ، އެކިއެކި ވަޒީފާތަކަށް ބިދޭސީން ގެންނަ ފަރާތްތަކުންނާއި ޓޫރިސްޓުން ގެންނަ ފަރާތްތަކުން ވެސް ރާއްޖޭގެ ގާނޫނުތަކާއި ގަވާއިދުތަކާ އެއްގޮތަށް އަމަލުކުރުމަށް އެ މީހުންނަށް އިރުޝާދު ދޭން ވާނެ ކަމަށެވެ. އެގޮތުން، ރާއްޖޭގެ ދީނީ އެއްބައިވަންތަކަން ހިމާޔަތް ކުރުމުގެ ގަވާއިދުގައިވާ ގޮތަށް ބިދޭސީންނާއި ޓޫރިސްޓުންނަށް އިރުޝާދު ދިނުމަކީ އެ މީހުން ރާއްޖެ ގެންނަ ފަރާތްތަތަކުގެ ޒިންމާއެއްކަމަށްވެސް މިނިސްޓްރީން ވަނީ ހަނދާންކޮށްދީފަ އެވެ. އެ ގަވާއިދުގައި ބުނާ ގޮތުން، ރާއްޖޭގައި އުޅޭ ޣައިރު މުސްލިމުންނާއި ރާއްޖެއަށް ޒިޔާރަތްކުރާ ޣައިރު މުސްލިމުން ފާޅުކަން ބޮޑުގޮތެއްގައި އެ މީހުންގެ ދީނީ ޝިއާރުތައް ފާޅުކުރުމާއި އާންމު ތަންތަނުގައި ޖަމާއަތް ހަދައިގެން އެ ކަހަލަ ދީނީ ހަރަކާތެއް ހިންގުން އަދި އެ މީހުންގެ އެ ކަހަލަ އެއްވެސް ހަރަކާތެއްގައި ދިވެއްސަކު ބައިވެރިކުރުމަކީ މަނާކަމެކެވެ. ކްރިސްޓިއަނުން ފާހަގަކުރާ ކްރިސްމަސް ދުވަހާ ދިމާކޮށް ކޮންމެ އަހަރަކު ވެސް، ބައެއް އާންމު ތަންތަނުގައި ކްރިސްމަސް ޑެކަރޭޝަންތައް ކުރާ މައްސަލަ ރާއްޖޭގައި ފެންމަތިވެ އެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ