މުވައްޒަފުންނަށް މުސާރަ ނުދޭތީ ރީކޯ މޫސަގެ ރިސޯޓް ކުންފުނި އަނެއްކާވެސް ބްލެކް ލިސްޓްކޮށްފި

މުވައްޒަފުންނަށް މުސާރަ ނުދޭތީ ރީކޯ މޫސަގެ ރިސޯޓް ކުންފުނި އަނެއްކާވެސް ބްލެކް ލިސްޓްކޮށްފި
ލިޔުން:
މުއައްޒަފުންނަށް މުސާރަނުދޭތީ ރީކޯ މޫސާ މަނިކުގެ ކުންފުންޏެއް ކަމަށްވާ ”މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް“ މޯލްޑިވްސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބްލެކްލިސްޓް ކޮށްފި އެވެ.
ލޭބާ ރިލޭޝަންސް އޮތޯރިޓީންބުނާ ގޮތުގައި މޯ ހޮޓެލްސް ބްލެކްލިސްޓް ކޮށްފައިވަނީ އެ އޮތޯރިޓީން ބަލަމުންދާ މުވައްޒަފުންނަށް މުސާރަނުދޭ މައްސަލައެއްގައި އެކުންފުނިން އެއްވެސް ވަރަކަށް އެއްބާރުލުން ނުދޭތީ ކަމަށެވެ.
ރީކޯގެ މި ކުންފުންޏަކީ މި ބާވަތުގެ މައްސަލަތަކުގެ ރިކޯޑް އޮތް ކުންފުންޏެއް ކަމަށާއި، މީގެ ދެމަސްކުރިންވެސް މިފަދަ މައްސަލައެއްގައި އެ ކުންފުނި ބްލެކްލިސްޓް ކުރެވުނުކަމަށްވެސް ލޭބާ ރިލޭޝަންސް އޮތޯރިޓީން ބުނެފައިވެ އެވެ.
ރީކޯ މޫސައަކީ ”މޯ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް“ ގެ ހިއްސާދަރެއްގެ އިތުރުން ބޯޑުގެ ޑިރެކްޓަރެއްވެސްމެ އެވެ. އަދި ލ. އަތޮޅުގައި ހިންގަމުންދާ ”ރަހާ ރިސޯޓް“ އަކީ މި ކުންފުނިން ހިންގަމުންދާ ރިސޯޓެކެވެ.
ރީކޯ މޫސަގެ ކުންފުނިން މުސާރަ ނުދީގެން މީގެ ކުރިން އެތައް މުވައްޒަފުންނެއް އެމައްސަލަ ކަމާބެހޭ ފަރާތްތަކަށް ރިޕޯޓް ކޮށްފައިވެ އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
