ބާލްޑް އީގަލް އަކީ އެމެރިކާގެ ގައުމީ ދޫނިކަމަށް ކަނޑައަޅައި ބައިޑަން ތަސްދީގުކުރާނެ އެމެރިކާގެ އެއްމެ ފަހުގެ ގާނޫނު ތަސްދީގުކޮށްފި

ބާލްޑް އީގަލް އަކީ އެމެރިކާގެ ގައުމީ ދޫނިކަމަށް ކަނޑައަޅައި ބައިޑަން ތަސްދީގުކުރާނެ އެމެރިކާގެ އެއްމެ ފަހުގެ ގާނޫނު ތަސްދީގުކޮށްފި
ލިޔުން:
ބާލްޑް އީގަލް އަކީ އެމެރިކާގެ ގައުމީ ދޫނިކަމަށް ކަނޑައަޅައި ބައިޑަން ތަސްދީގުކުރާނެ އެމެރިކާގެ އެއްމެ ފަހުގެ ގާނޫނު ތަސްދީގުކޮށްފިއެވެ.
ކުރިސްމަސް ޗުއްޓީއަށް ވަޑައިގެންނެވުމުގެ ކުރިން އެމެރިކާގެ ރައީސް ޖޯ ބައިޑަން ވަނީ އެމެރިކާގެ ހަރުދަނާކަމާއި އެއްބައިވަންތަކަމުގެ ރަމްޒެއްގެ ގޮތުގައި އޮތް ބާލްޑް އީގަލް އަކީ އެމެރިކާގެ ގައުމީ ދޫނިކަމަށް ކަނޑައަޅާފައިވާ ގާނޫނާއެކު ޖުމްލަ 50 ގާނޫނެއް ތަސްދީގުކުރައްވާފައެވެ.
ޒަމާނުއްސުރެ އެމެރިކާގެ ބާރުވެރިކަމާއި ވަރުގަދަކަމުގެ ރަމްޒެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ބާޒު އަކީ 1782 ވަނަ އަހަރުން ފެށިގެން އެމެރިކާގެ ގްރޭޓް ސީލް ގައި ހިމެނުނު ނަމަވެސް މިހާތަނަށް ރަސްމީކޮށް ގައުމީ ދޫންޏެއްގެ ގޮތުގައި ކޯޑިފައިކޮށްފައި ނުވާ ދޫންޏެކެވެ. އާ ގާނޫނުން އެމެރިކާގެ ކޯޑަށް އިސްލާހު ގެނެސް ގިނަ ބަޔަކު ޒަމާނުއްސުރެ ގަބޫލުކުރަމުން އައި ގޮތަކީ ހަގީގަތެއް ކަމަށް ގާނޫނީ ގޮތުން މިހާރު މިވަނީ ބަލައިގަނެފައެވެ.ރީނދޫ ކުލައިގެ ތުންގަނޑަކާއެކު ބޮލުގެ ފަތްތައް ހުދު ކުލައިން ހުންނަ، ގައިގެ ފަތްތައް މުށި ކުލައިން ހުންނަ މި ބާލްޑް އީގަލް އަކީ އެމެރިކާގެ އިސްތިގުލާލުގެ ފާހަގަކޮށްލެވޭ ރަމްޒެކެވެ.މީގެ ކުރިންވެސް ބާލްޑް އީގަލް އަކީ އެމެރިކާގެ އަސާސްތަކާއި މިނިވަންކަމުގެ ރަމްޒެއްގެ ގޮތުގައި ބޭމނުންކުރަމުން އަންނަ ދީންޏެކެވެ. އެގޮތުން މި ދޫނި ފެންނަނީ އެމެރިކާގެ ވައިގެ އަސްކަރިއްޔާއާއި ގްރޭޓް ސީލް އަދި އެމެރިކާގެ ކަނޑުގެ އަސްކަރިއްޔާގެ އެކި ނިޝާންތަކުގައި މި ދޫނި ބޭނުން ކުރަމުން އައިސްފައިވެއެވެ.
އެމެރިކާގެ ފިޝް އެންޑް ވައިލްޑްލައިފް ސަރވިސްގެ 2020 ވަނަ އަހަރުގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި ބާލްޑް އީގަލްގެ އާބާދީ އަކީ ގާތްގަނޑަކަށް 316،700 ދޫންޏެވެ. މިއީ 2009 ވަނަ އަހަރު އެއްކުރި ތަފާސް ހިސާބުތަކާ އަޅާބަލާއިރު 4 ގުނަ އިތުރު އަދަދެކެވެ.
އަންނަ ޖެނުއަރީ މަހުގެ 20 ވަނަ ދުވަހު އިންތިޚާބީ ރައީސް ޑޮނަލްޑް ޓްރަމްޕް ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ބައިޑަން ތަސްދީގު ކުރެއްވި މި ގާނޫނު ރަމްޒުކޮށްދެނީ ޒަމާނުއްސުރެ ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯއްދަވައިދެއްވުމަށް ބައިޑަން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތައްކަމަށް އެމެރިކާގެ އިސް ފަރާތްތަކުން ވަނީ ބުނެފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

ފުލުހުން ބަލައިފާސްކުރަން ފެށުމުން އަތުގައި އޮތް މަސްތުވާއެއްޗެއް އެއްލާލި މީހަކު ބ މާޅޮހުން ހައްޔަރުކޮށްފި

ކަރަންޓާއި ފެނުގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އޭޑީބީ އިން ރާއްޖެއަށް 50 މިލިއަން ޑޮލަރުގެ އެނާޖީ ސެކިއުރިޓީ އިމަޖެންސީ ލޯނެއް ދޫކުރަން ނިންމައިފި

މަސްތުވާތަކެތި ވިއްކާ މީހަކު ހުޅުދޫ އިން ހައްޔަރުކޮށްފި

ތަފާތު ރަށްރަށާއި ތަފާތު ޖަމާޢަތްތަކާއި ތަފާތު ސަގާފަތްތަކުގެ އަހުލުވެރި ޒުވާނުންނަށް ތަޖުރިބާކުރެވެނީ ތަފާތު ޙަޤީޤަތްތަކެއް: ރައީސް

މަސްތުވާތަކެތީގެ މައްސަލައެއް ސާބިތުވެ މާއުނގޫދޫ ޒުވާނަކު 25 އަހަރަށް ޖަލަށް ލައިފި

ކުރިއަށް އޮތް 3 ހަފްތާގައި ބޭންކު ތަކަށް ދޫކުރާ ޑޮލަރުގެ މިންވަރު 51 އިންސައްތަ އިތުރުކުރަން އެމްއެމްއޭ އިން ނިންމައިފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
