
އާ އަހަރާ ދިމާކޮށް އިތުރުވާ ބަނގުރަލާ މަސްތުވާތަކެތީގެ ވިޔާފާރި ހުއްޓުވުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް
އާ އަހަރާ ދިމާކޮށް އިތުރުވާ ބަނގުރަލާ މަސްތުވާތަކެތީގެ ވިޔާފާރި ހުއްޓުވުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް
ލިޔުން:
އާ އަހަރާ ދިމާކޮށް އިތުރުވާ ބަނގުރަލާ މަސްތުވާތަކެތީގެ ވިޔާފާރި ހުއްޓުވުމަށް ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.
އެކަން ހާމަކުރައްވައި ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އާ އަހަރާ ދިމާކޮށް މަސްތުވާތަކެތި ބޭނުންކުރުމާއި އެފަދަ ތަކެތީގެ ވިޔާފާރިކުރުން އިތުރުވަމުންދާނެތީ ފުލުހުންގެ ޑްރަގް އެންފޯސްމަންޓް ޔުނިޓާއި މެރިން ޕޮލިހާއި ކ. އަތޮޅު ޕޮލިސް ސްޓޭޝަންތައް ގުޅިގެން އިއްޔެ ހާއްސަ އޮޕަރޭޝަނެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މި އޮޕަރޭޝަންގައި ހުޅުމާލޭގެ ފަޅުތެރެ ޕެޓްރޯލް ކުރުމާއި ރަށުތެރެ އަށް ބަނގުރާ އަރުވައި، ވިއްކާ ކަމަށް ޝައްކު ކުރެވޭ ކެފޭ/ރެސްޓޯރަންޓް ފަދަ ތަންތަން މޮނީޓާކުރަން ފަށާފައިވާ ކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.
އާ އަހަރު ފާހަގަ ކުރުމަށް މަސްތުވާތަކެތި ބޭނުންކޮށްގެން ޕާޓީކުރުންފަދަ ކަންކަން ހުޢްޓުވުމަށްޓަކައި ކޮންމެ އަހަރަކުވެސް ފުލުހުން އަންނަނީ ހާއްސަ އޮޕަރޭޝަންތައް ހިންގަމުންނެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
