މާލެ: 31°C

ހިޔާ ފްލެޓްގައި ރަހީނުކުރި މައްސަލާގައި ދައުވާކުރަން ފޮނުވައިފި

December 25, 2024
2 ފަހަރު ބަލާފައި
ހިޔާ ފްލެޓްގައި ރަހީނުކުރި މައްސަލާގައި ދައުވާކުރަން ފޮނުވައިފި
ހިޔާ ފްލެޓްގައި ރަހީނުކުރި މައްސަލާގައި ދައުވާކުރަން ފޮނުވައިފި
ހުޅުމާލެ ދެވަނަ ފިޔަވަހީގައި ހުންނަ ހިޔާ ޓަވަރުގެ އެޕާޓްމެންޓެއްގައި މީހަކު ރަހީނުކުރި މައްސަލައިގައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވައިފި އެވެ. އެ މީހާ ރަހީނު ކޮށްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ރޭ ހުޅުމާލެ ދެވަނަ ފިޔަވަހީގެ އެޗް-9 ޓަވަރުގެ 20 ވަނަ ފަންގިފިލާގެ 11 ވަނަ އެޕާޓްމަންޓްގަ އެވެ. ފުލުހުން އެ އެޕާޓްމަންޓްގެ ދޮރު ހަލާކުކޮށް, ވައިން އިރު އެ މީހާގެ ބޯ ބާލުވާފައިވާ ކަމަށް އޭރު ފުލުހުން ވަނި ބުނެފަ އެވެ. ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނެފައިވަނީ، އެ މައްސަލައިގެ ތަހުގީގު ނިންމާ ދައުވާ ކުރުމަށް ޕީޖީ އޮފީހަށް މިދިޔަ ހޮނިހިރު ދުވަހު ފޮނުވާފައިވާ ކަމަށެވެ. އެ މައްސަލައިގައި 12 މީހަކު ހައްޔަރުކުރި އެވެ. އެހެން ނަމަވެސް، މިހާރު އެ އެންމެން ވަނީ ދޫކޮށްލާފަ އެވެ.

އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ 12 މީހުންނަކީ:

  1. އަލްމާން އަލީ ހާލިދު (22އ), ވެހި, ގދ. ވާދޫ
  2. މުހައްމަދު އިޒްކާން (18އ), މ.ހަތިކަނޑު, މާލެ
  3. އިޒާން އަހްމަދު (18އ), ޒުނައިޓްވިލާ, ކ. ގުރައިދޫ
  4. އަހްމަދު ޒާހިރު (36އ), ދަންމަރު, ށ. ފޯކައިދޫ
  5. އާދަމް ހުސައިން (48އ), ޖަމީލާމަންޒިލް, ލ. މާވަށް
  6. އިބްރާހީމް ނަޝީދު (34އ), ހިޔަލީގުލްޝަން, ލ. އިސްދޫ
  7. އަހްމަދު ސަމީހު (22އ), ނައިޓްސްޓާ, ބ. ގޮއިދޫ
  8. އިސްމާއީލް ވިސާމް މުހައްމަދު (29އ), ވ.ގާމާ, ކ. މާލެ
  9. ވިޝާމް މުހައްމަދު (23އ), ޗިޗަންޑާގެ, ގދ. ވާދޫ
  10. ވިސާމް މުހައްމަދު (30އ), ހުޅުމާލެ ހިޔާ 14-17-03
  11. މުޝްތާގު ޝާކިރު (37އ), ޖަނަވަރީގެ, ގދ. ވާދޫ
  12. ހަސަން ޣާލިބު (38އ), އާރެސް, މ. ކޮޅުފުށި

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ