މިއީ މާލެސިޓީގެ މަގުތަކުގައި ހަލާކުވެފައިވާ ސަރަހައްދުތައް ދެނެގަތުމަށް ކައުންސިލުން ކުރި ސާވޭން ފާހަގަކުރެވުނު ސަރަހައްދުތައް ހެދުމަށް ފަށާފައިވާ މަސައްކަތުގެ ދަށުން ކުރިއަށް ގެންދާ މަސައްކަތެއް ކަމަށް މާލޭ ސިޓީ ކައުންސިލުން މައުލޫމާތުދެ އެވެ.
އެގޮތުން ހަވީރީ ހިނގުމުގެ ހަލާލުވެފައިވާ މަގުގެ ސަރަހައްދުތައް ވެސް މަރާމަތުކޮށް ނިންމި ކަމަށާއި އެއަށް ފަހު މަޖީދީ މަގުގެ މަސައްކަތް ފެށީ ކަމަށް ކައުންސިލުން ބުންޏެވެ.
މަޖީދީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް ހެދުމުގެ މަސައްކަތް ފެށިއިރު ކައުންސިލުން އެންމެ ބޮޑު އިސްކަމެއް ދީފައިވަނީ ވާރޭވެހި އެންމެ ބޮޑަށް ފެންބޮޑުވާ ސަރަހައްދުތައް މަރާމާތުކުރުމެވެ.
މަޖީދީމަގާއި ރަށްދެބައި މަގު ގުޅޭ ސަރަހައްދުގެ މަސައްކަތް ރޭ ވަނީ ފަށާފަ އެވެ.
ސިޓީ ކައުންސިލުން ބުނީ މަޖީދީ މަގުގެ މަސައްކަތް ނިމޭއިރު ދުވާރު މައްޗާއި މަގުގައި ހެދިފައިހުރި ވަޅުގަނޑުތައް މަރަމާތުކުރުމުގެ އިތުރުން ކާނުތައް ސާފުކުރުމަށްވެސް ނިންމާފައިވާ ކަމަށެވެ.
އަދި އެ މަސައްކަތް މަޖީދީމަގުގައި ފެން ބޮޑުވުމުގެ ސަބަބުން، ހިނގާ މީހުންނަށާއި ދުއްވާ ތަކެއްޗަށް ކުރިމަތިވާ އުނދަގޫތަކާ ދަތިތަކަށް ހައްލު ލިބިގެންދާނެކަމުގެ ޔަގީންކަން ސިޓީ ކައުންސިލުން ވަނީ ދީފައެެވެ.

ހަލާކުވެފައިވާ މަޖީދީ މަގުގެ ސަރަހައްދުތައް މަރާމާތުކުރަން ފަށައިފި
ހަލާކުވެފައިވާ މަޖީދީ މަގުގެ ސަރަހައްދުތައް މަރާމާތުކުރަން ފަށައިފި
ލިޔުން:
ހަލާކުވެފައިވާ މަޖީދީ މަގުގެ ސަރަހައްދުތައް މަރާމާތުކުރަން ފަށައިފި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
