ރާއްޖޭގައި ހާލުގައި ޖެއްސި އިންޑިއާގެ 40 މަސައްކަތު މީހުންގެ މައްސަލަ އިންޑިއާގެ މީޑިއާގެ ސަމާލުކަމަށް، ފުލުހުން މައްސަލަ ބަލާނެ ކަަމަށް ބުނެފި

ރާއްޖޭގައި ހާލުގައި ޖެއްސި އިންޑިއާގެ 40 މަސައްކަތު މީހުންގެ މައްސަލަ އިންޑިއާގެ މީޑިއާގެ ސަމާލުކަމަށް، ފުލުހުން މައްސަލަ ބަލާނެ ކަަމަށް ބުނެފި
ލިޔުން:
ކޮންސްޓްރަކްޝަން ކުންފުންޏެއްގައި މަސައްކަތް ކުރިމަށް ރާއްޖެ ގެނައި 40 މަސައްކަތު މީހުން ހާލުގައި ޖެއްސި މައްސަލައެއް ފެންމަތިވެ އިންޑިއާގެ މީޑިއާގެ މީޑިއާގެ ސަމާލުކަމަށް އެކަން އަތުވެއްޖެއެވެ.
އިންޑިއާގެ ލޭބަރުންތަކެއް މަސައްކަތް ކުރަން ރާއްޖެ ގެނެސް، މުސާރަ ނުދީ ހާލުގައި ޖައްސާފަައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވީ އެކަން ވީޑިއޯ މެސެޖަކުން އެ މީހުން ސޯޝަލް މީޑިއާގައި އާންމުކުރުމުން، އެކަން އިންޑިއާގެ ގިނަ ނޫސްތަކެއްގައި އެކަން ވަނީ ރިޕޯޓްކޮށްފައެވެ.
މިކަމާ ގުޅިގެން ފުލުހުން ބުނީ އެކަން އެ އިދާރާގެ ސަމާލުކަމަށް އައިސްފައިވާ ކަމަށާއި އެކަން މިހާރު ތަހުގީގު ކުރަމުން ގެންދާ ކަމަށެވެ.
ރާއްޖެއިން ވަޒީފާ ހަމަޖައްސައި ދިނުމަށް ކޮންމެ މަސައްކަތްތެރިއަކު 40،000 އިންޑިއަން ރުޕީސް އެޖެންޓަށް ދައްކާފައިވާ ކަމަށްވެ އެވެ.
ޖޫން މަހުން ފެށިގެން ރާއްޖޭގައި މަސައްކަތް ކުރަމުން ގެންދާ އެމީހުންނަށް މިހާތަނަށް ފުލް މުސާރަ ލިބިފައި ވަނީ އެންމެ މަހަކު ކަމަށްވެއެވެ. އެމީހުންގެ މައިގަނޑު ޝަކުވާއަކީވެސް ކުންފުނިން މުސާރަ ނުދިނުމެެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
