މާލެ: 31°C

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިޔާ ފްލެޓުން ބަޔަކު ހައްޔަރުކޮށްފި

December 24, 2024
2 ފަހަރު ބަލާފައި
މަސްތުވާތަކެތީގެ މައްސަލައެއްގައި ހިޔާ ފްލެޓުން ބަޔަކު ހައްޔަރުކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި ހިޔާ ފްލެޓުން ބަޔަކު ހައްޔަރުކޮށްފި
ޑްރަގް އެންފޯސްމަންޓަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހިޔާ ފްލެޓްގެ އެޕާޓްމަންޓެއް ބަލައިފާސްކޮށް މަސްތުވާތަކެއްޗާއި ގިނަ އަދަދެއްގެ ފައިސާއާއެކު ހަތަރު މީހަކު ހައްޔަރުކޮށްފި އެވެ. ފުލުހުން މިކަން ހާމަކޮށްފައި ވަނީ އެ ހިދުމަތުގެ ވެބްސައިޓުގައި ޝާއިރުކުރި ހަބަރެއްގަ އެވެ. ފުލުހުން ބުނެފައި ވަނީ، ޑިސެންބަރު މަހުގެ 23 ވަނަ ދުވަހުގެ ވަގުތެއްގައި ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ގ. ސެމިޓޯން، އިބްރާހީމް ޝަރީފް (40އ) އާއި ގދ. ކޮލަމާފުށި/ އޯޝަންބްލޫ، ޢަބްދުﷲ ޙަސަން (41އ) އާއި ހދ. ނޭކުރެންދޫ/ އިރުދޭމާގެ، ޙުސައިން ރިޔާޒު (33އ) އަދި ގއ. ދާންދޫ/ ވަލުތެރޭގެ، ޢަބްދުﷲ ޖަމީލު (32އ) ކަމަށެވެ. މި ހަތަރު މީހުންވެސް ހައްޔަރުކޮށްފައި ވަނީ ކްރިމިނަލް ކޯޓުގެ އަމުރެއްގެ ދަށުން ހިޔާ ފްލެޓް H9-20-11 އެޕާޓްމަންޓް ބަލައިފާސްކޮށްގެން ކަަމށްވެސް ފުލުހުން ބުނެފައިވެ އެވެ. ފުލުހުން ބުނީ، އެ އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ އާލާތްތަކާއި ގިނަ އަދަދެއްގެ ފައިސާގެ އިތުރުން ގިނަ އަދަދެއްގެ މޯބައިލް ފޯނު ފެނިފައިވާ ކަަމަށެވެ. ފުލުހުން ބުނީ މި މައްސަލަ ފުލުހުންގެންދަނީ ތަހުގީގު ކުރަމުން ކަމަށެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ