
އިޝާ އަމްބާނީގެ އަޖިއޯ މެދުވެރިކޮށް އޮންލައިން ފެޝަން ޕްލެޓްފޯމް "ޝީން" އެނބުރި އިންޑިއާއަށް
އިޝާ އަމްބާނީގެ އަޖިއޯ މެދުވެރިކޮށް އޮންލައިން ފެޝަން ޕްލެޓްފޯމް "ޝީން" އެނބުރި އިންޑިއާއަށް
ލިޔުން:
އިންޑިއާގެ މަޝްހޫރު ބިލިއަނަރު މުކޭޝް އަމްބާނީ އާއި އޭނާގެ ދަރިފުޅު އިޝާ އަމްބާނީގެ ރިލަޔަންސް ރީޓެއިލް ޕްލެޓްފޯމް އަޖިއޯ ގެ ލޭބަލް އާއެކު ޗައިނާގެ އޮންލައިން ފެޝަން ޕްރޭންޑް "ޝީން" 4 އަހަރަށް ފަހު އަނެއްކާވެސް އިންޑިއާއަށް އެނބުރި އަތުވެއްޖެއެވެ.
އިންޑިއާގައި މިހާރު ރަސްކަން ކުރަމުންއަންނަ ފެޝަން އޮންލައިން ބްރޭންޑް އަކީ ޓާޓާ ގްރޫޕް ގެ ޒުޑިއޯ އާއި ފްލިޕްކާޓް ގެ ހިއްސާ އޮންނަ "މިޓްރާ" އެވެ. ނަމަވެސް ޝީން އެނބުރި އިންޑިއާގެ ބާޒާރަށް ނިކުތުމާއެކު ޓާޓާ ގްރޫފާއި ރިލަޔަންސްގެ ވާދަވެރިކަން ބޮޑުވެގެންދާނެކަމަށް އިންޑިއާގެ ނޫސްތަކުން ބުނެއެވެ.
އިކޮނޮމިކް ޓައިމްސް އިން ބުނެފައިވާގޮތުން މި ޕާޓްނާޝިޕްގެ ސަބަބުން ޝީން އަށް އިންޑިއާގެ ހަރުކަށި ގަވައިދުތައް ނެވިގޭޓްކޮށް، ކުރިއަރަމުން އަންނަ ފާސްޓް ފެޝަން މާކެޓުގައި ޒޫޑިއޯ އާއި މިންޓްރާ ފަދަ ލޯކަލް ބްރޭންޑްތަކާ ވާދަކުރުމަށް މަގުފަހިވެގެން ދެ އެވެ. އަދި ޝީން މިހާރު ޓެސްޓުކޮށް އޭގެ ކަލެކްޝަން އަޖިއޯއަށް އިތުރުކުރަމުން އަންނަ ކަމަށް ވެސް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ޖީބަށް ލުއި ފާސްޓް ފެޝަން މާކެޓުގައި ޝީންއާ ވާދަކުރާނީ ޓާޓާ ގްރޫޕްގެ ޒުޑިއޯ އާއި ފްލިޕްކާޓްގެ ހިއްސާ އޮންނަ މިންޓްރާއާ އެވެ. މި ބްރޭންޑް އެނބުރި އިންޑިއާއަށް އައިސްފައި މިވަނީ ރިލަޔަންސް ރީޓެއިލް ވެންޗާސް ލިމިޓެޑާ އެކު މިދިޔަ އަހަރު އެ ބްރޭންޑުގެ އުފެއްދުންތައް އިންޑިއާގެ ކަސްޓަމަރުންނަށް އަނބުރާ ގެނައުމަށް އިއުލާންކުރި ޕާޓްނާޝިޕަކާ ގުޅިގެންނެވެ.
އިންޑިއާ-ޗައިނާ ބޯޑަރު މައްސަލައާ ގުޅިގެން އުފެދިފައިވާ ނުތަނަވަސްކަމުގެ ސަބަބުން ސަރުކާރުން އެއެޕް ބޭނުންކުރުން މަނާކުރުމުން ޝީންގެ އިންޑިއާ އޮޕަރޭޝަންތައް ހުއްޓާލީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
