މާލެ: 31°C

އީޕީއޭ އިން އޮޅުވެލި ރިސޯޓް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި

December 24, 2024
2 ފަހަރު ބަލާފައި
އީޕީއޭ އިން އޮޅުވެލި ރިސޯޓް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި
އީޕީއޭ އިން އޮޅުވެލި ރިސޯޓް 20،000 ރުފިޔާއިން ޖޫރިމަނާކޮށްފި
ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް (އީއައިއޭ) ފުރިހަމަނުކޮށް، އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް އިން ކ އަތޮޅުގައި ހިންގަމުން އަންނަ އޮޅުވެލި ބީޗް އެންޑް ސްޕާ ރިސޯޓު އިތުރަށް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާތީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން އެ ރިސޯޓު ޖޫރިމަނާކޮށްފި އެވެ. އީޕީއޭއިން މިއަދު ގެޒެޓުގައި އާއްމުކުރި ބަޔާނެއްގައި ބުނީ، ރިސޯޓު އިތުރަށް ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް އެ އެޖެންސީން ތަންފީޒުކުރަމުންގެންދާ ގާނޫނާއި ގަވާއިދާ ހިލާފަށް ކުރިޔަށް ގެންގޮސްފައިވާކަން މި މައްސަލައާ ގުޅިގެން ދެފަރާތުގެ ދެމެދު ބަދަލުކުރެވުނު ލިޔެކިޔުންތަކުންނާއި ބެލިބެލުންތަކުންވެސް ސާބިތުވާ ކަމަށެވެ. އެހެންވެ ރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުގެ ދަށުން އެކުލަވާލެވިފައިވާ ގަވާއިދު ތިމާވެއްޓަށް އަސަރު ފޯރާނެ މިންވަރު ބަޔާންކުރާ ރިޕޯޓް ހެދުމާބެހޭ ގަވާއިދު ގެ 20 ވަނަ މާއްދާގެ ހ ގެ ދަށުން އެމެރަލްޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑް 20،000ރ އިން މި މަހުގެ 11 ވަނަ ދުވަހު ޖޫރިމަނާކޮށްފައިވާ ކަމަށެވެ. އެ ޖޫރިމަނާއަށްވާ ފައިސާ މި މަހުގެ 18 ވަނަ ދުވަހު އެ އެޖެންސީއަށް ދައްކައި ހަލާސްކޮށްފައިވާ ކަމަށް އީޕީއޭއިން ބުންޏެވެ.

އަދި ހަމައެހެންމެ، އެމެރަލްޑުން ކުރިޔަށްގެންދާ މަޝްރޫތަކުގެ މަސައްކަތްތައް ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން، އެ ގަވާއިދުގައި ބަޔާންކޮށްފައިވާ މަރުހަލާތައް ފުރިހަމަ ކުރުމަށްފަހު ކުރިޔަށް ގެންދިއުމަށް ނަސޭހަތްތެރިވެފައިވާނެ ކަމަށް އީޕީއޭއިން ބުންޏެވެ.

ޚިޔާލުތައް (0)

މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!

ޚިޔާލު ފާޅުކުރައްވާ