ފަޒުލް ދިރިއުޅޭ ގެ ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުން ގެންގޮސްފި

ފަޒުލް ދިރިއުޅޭ ގެ ބަލާ ފާސްކޮށް ބައެއް ތަކެތި ފުލުހުން ގެންގޮސްފި
ލިޔުން:
ބިންވެރިޔާ އަދި ގެދޮރުވެރިޔާ ސްކީމާ ގުޅޭގޮތުން ފުލުހުން ތަހުގީގުކުރަމުންދާ މައްސަލައާ ގުޅިގެން ހައުސިން ޑިވެލޮޕްމެންޓް (އެޗްޑީސީ) ގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ފަޒުލް ރަޝީދު ދިރިއުޅޭ ގެ ބަލައި ފާސްކޮށްފައިވާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން ބުނީ، ފަޒުލް ދިރިއުޅޭ ގެ ރޭ ބަލައި ފާސްކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ކަމަށެވެ. ބަލައި ފާސްކޮށް ތަހުގީގަށް ބޭނުންވާ ބައެއް ތަކެތި ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާއިރު އޭގެ ތެރޭގައި އިލެކްޓްރޯނިކް ސާމާނުތައްވެސް ހިމެނޭ ކަމަށް ފުލުހުން ބުންޏެވެ.
"ބިންވެރިޔާ" ސްކީމުގެ ދަށުން ގޯތި ނުލިބޭ ބަޔަކަށް، ގަވާއިދާ ހިލާފަށް ގޯތި ދިން މައްސަލައެއްް ފެންމަތިވެ ސަސްޕެންޑްކޮށްފައި ވަނިކޮށް އެޗްޑީސީގެ އެމްޑީގެ މަގާމުން ފަޒުލް އިސްތިއުފާ ދެއްވީ ހޮނިހިރު ދުވަހު އެވެ.
ޝަރުުތު ހަމަނުވާ ބަޔަކަށް ގޯތިތަކެއް ދިން ކަމަށް ބުނާ ވާހަކަތައް ދޮގުކޮށް އިސްތިއުފާގެ ސިޓީގައި ފަޒުލް ވިދާޅުވީ، މަގާމަށް އައްޔަންކުރުމަށްފަހު ކުންފުނީގެ ފަރާތުން މިހާތަނަށް ކޮށްފައިވާ ހުރިހާ މުއާމަލާތްތަކަކީ ކުންފުނީގެ ބޯޑުގެ ނިންމުންތަކާއި ކުންފުނީގައި ހެދިފައިވާ ޕޮލިސީތަކުގެ އިމުގެ ތެރެއިން ކުންފުނީގެ މަސްލަހަތު އިސްކޮށްގެން ކޮށްފައިވާ މުއާމަލާތްތަކެއް ކަމަށެވެ.
ބިންވެރިޔާގެ ސްކީމާ ގުޅިގެން ކުންފުންޏަށް އަމާޒުވެފައިވާ ތުހުމަތުތަކަކީ ކުންފުންޏާ އެއްވެސް ގުޅުމެއް ހުރި ކަންތައްތަކެއް ނޫން ކަމަށް ފަޒުލް ވިދާޅުވި އެވެ. އަދި އެ ތުހުމަތުތަކުގެ ހަގީގަތް ވީ އެންމެ އަވަސް ފުރުސަތެއްގައި ރައްޔިތުންނަށް ހާމަކޮށްދިނުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
