އެމީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ދެނެގަތުމަށް ތަހުގީގުގެ ތެރެއިން ދަނީ މަސައްކަތް ކުރަމުން،" ފުލުހުން ބުންޏެވެ.އެ މީހުންނާ ގުޅިގެން ކަމާއި ގުޅުންހުރި އިދާރާތަކަށް މައުލޫމާތު ހިއްސާކޮށް، އެކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ބުނެފައިވެ އެވެ.
ސޯމާލިއާ މީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ބެލުމަށް ތަހުގީގު ކުރަން ފަށައިފި

ސޯމާލިއާ މީހުން ރާއްޖެ ސަރަހައްދަށް އައި ގޮތް ބެލުމަށް ތަހުގީގު ކުރަން ފަށައިފި
ލިޔުން:
ފުވައްމުލަކު ބޭރުން ސޯމާލިއާގެ 3 މީހުންނާއެކު އިއްޔެ ހިފެހެއްޓި ޑިންގީ ރާއްޖެ ސަރަހައްދަށް އައި ގޮތް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ކަނޑުމަތިން ބެހިގެން އައި ބަޔަކު ފުވައްމުލަށް ކައިރިން އެމްއެންޑީއެފުން އިއްްޔެ ހިފަހައްޓާފައިވާ ކަމަށް ބުނެ ސޯޝަލް މީޑިއާގައި ފޮޓޯތަކެއް ދައުރުވި އެވެ. އެ ފޮޓޯތަކުން ފެންނަ ގޮތުން ހިފަހައްޓާފައިވަނީ ނޫ ކުލައިގެ ކުޑަ ކުޑަ ޑިންގީ އެކެވެ.
އެމްއެންޑީއެފުން އިއްޔެ ބުނީ، އެ ޑިންގީ ހިފަހައްޓާފައިވަނީ ފުވައްމުލަކު ހުޅަނގު އުތުރުން 10 ވަރަކަށް މޭލު ބޭރުން ކަމަށެވެ.
އެ ޑިންގީ ހިފަހައްޓާފައިވަނީ ޝައްކު ވެގެން ކަމަށާއި، އެމްއެންޑީއެފް ކޯސްޓްގާޑްގެ ޓީމު އެ ސަރަހައްދަށް ގޮސް ބެލިބެލުމުން އެއީ ސޯމާލިއާގެ މީހުން ބޭނުންކުރާ ވައްތަރުގެ "ސްކިފް" އެއްކަން އެނގުނު ކަމަށް އެމްއެންޑީއެފް އިން ބުނެފައިވެ އެވެ.
މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ފުލުހުން ބުނީ، އެ ޑިންގީގައި ތިބި ސޯމާލިއާގެ 3 މީހުން މިހާރު ތިބީ ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
