
މިހަފްތާގެ ނިއަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2 މިލިއަނަށް
މިހަފްތާގެ ނިއަލަށް ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2 މިލިއަނަށް
ލިޔުން:
މިހަފްތާގެ ނިއަލަށް، ރާއްޖެއަށް ޒިޔާރަތްކުރި ޓޫރިސްޓުންގެ އަދަދު 2 މިލިއަނަށް އަރާނެކަމަށް ޓޫރިޒަމް މިނިސްޓަރ އިބްރާހިމް ފައިސަލް ވިދާޅުވެއްޖެއެވެ.
ޕީއެސްއެމް އަށް ދެއްވި އިންޓަވީއުއެއްގައި ޓޫރިޒަމް މިނިސްޓަރ ފައިސަލް ވިދާޅުވީ މި އަހަރު ނިމުމުގެ ކުރިން ދެ މިލިއަން ޓޫރިސްޓުން ގެނައުމަށް ސަރުކާރުން ހިފާފައިވާ އަމާޒު ހާސިލް ކުރެވޭނެ ކަމަށާއި އެގޮތުން އަންނަ ބްރާސްފަތި ދުވަހު 2 މިލިއަން ވަނަ ފަތުރުވެރިޔާ ރާއްޖެ ޒިޔާރަތް ކުރާނެ ކަމަށެވެ.
އެ މުނާސަބާ ފާހަގަކުރުމަށް ބުރާސްފަތި ދުވަހު ހާއްސަ ހަފްލާއެއްބާއްވައި ހޫނު މަރުހަބާއެއް ވެސް ކިޔާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް ކުރިއަށްދާ ކަމަށްވެސް މިނިސްޓަރ ފައިސަލް ވަނީ ވިދާޅުވެފައެވެ.
ޓޫރިޒަމް މިނިސްޓްރީން އާންމުކޮށްފައިވާ އެންމެ ފަަހުގެ ހިސާބުތަކަށް ބަލާއިރު މި ހަފްތާގެ އާދީއްތަ ދުވަހާ ހަމައަށް 1،978،252 ޓޫރިސްޓުން ރާއްޖެއަށް ވަނީ ޒިޔާރަތްކޮށްފައެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

އަބްދުﷲ ޝާހިދުގެ ބަންދަށް 30 ދުވަސް ޖަހައި

މަސްތުވާތަކެތީގެ މައްސަލައެއްގައި އަންހެނަކާ 3 ފިރިހެނަކު މާލެއިން ހައްޔަރުކޮށްފި

ކުޑަ ކުއްޖަކާ ބެހުނު މައްސަލައެއްގައި އަބްދުﷲ ޝާހިދު ހައްޔަރުކޮށްފި

ރަތްޔިތުންގެ ވޯޓަކާ ނުލައި ރަސްމާލެ ވިއްކާލާނަމަ އިހުތިޖާޖުކުރަން އެމްޑީޕީ އިން ނިންމައިފި

އިޓްލޮސް މައްސަލާގައި ކަނޑުން ބައެއް ގެއްލުނީ އިހުމާލުންތޯ ބަލަން ކޮމިޝަނެއް އުފައްދައިފި

ސްކޭމްކޮށްގެން ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރުކޮށްފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
