ޕީއެސްއެމްގެ ޗެއާ ޕާސަންގެ މަގާމަށް ނަމްޒާ ހަމަޖައްސައިފި

ޕީއެސްއެމްގެ ޗެއާ ޕާސަންގެ މަގާމަށް ނަމްޒާ ހަމަޖައްސައިފި
ލިޔުން:
ޕަބްލިކް ސާވިސް މީޑީއާ (ޕީއެސްއެމް) ޗެއާޕާސަންއަކަށް އާމިނަތު ނަމްޒާ އައްޔަންކުރައްވައިފި އެވެ.
އެކަމާ ގުޅިގެން ޕީސީބީއިން "އެކްސް" ކުރި ޕޯސްޓެއްގައި ބުނީ އެ ކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރު ކަމަށާއި ޗެއާޕާސަން ކަމަށް ނަމްޒާ އައްޔަންކޮށްފައިވާ ކަމަށެވެ.
ޕްރެޒެންޓަރު ނަމްޒާ އެ މަގާމަށް އައްޔަންކޮށްފައި ވާއިރު އެންމެ ފަހުން ނަމްޒާ ފުރުއްވާފައިވަނީ މިނިސްޓަރު އޮފް ސިޓީސް, ލޯކަލް ގަވަރުމަންޓް އެންޑް ޕަބްލިކް ވޯކްސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމެވެ. އޭގެ ކުރިން މިނިސްޓަރު އޮފް ޖެންޑާ, ފެމިލީ އެންޑް ސޯޝަލް ސާވިސްގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމު ވެސް ނަމްޒާ ވަނީ މި ސަރުކާރުގައި ފުރުއްވާފަ އެވެ.
ނަމްޒާ އެ މަގާމަށް އައްޔަން ކުރެއްވިއިރު އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ދާދި ފަހުން ވަނީ އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން ޑިރެކްޓަރުގެ މަގާމުގައި ހުންނެވި އިބްރާހީމް ނަސްރީން (ނައްޓު) އައްޔަންކުރައްވާފަ އެވެ.
ޕީއެސްއެމްއަށް ގިނަ އަހަރުތަކެއް ވަންދެން ޚިދުމަތްކޮށް ދެއްވަމުން ގެންދަވާ ނަސްރީން އަކީ މި ސަރުކާރުން އެ ކުންފުންޏަށް އައްޔަންކުރި ތިން ވަނަ މެނޭޖިން ޑިރެކްޓަރެވެ.
ކިޔުންތެރިންގެ ސަމާލުކަމަށް

މަސް ބޯޓެއް އަތުލައިގެންފި

މާދަމާ މާފަންނުގެ ބައެއް ތަންތަނުން ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ބުނެފި

މި ފޮޓޯގެ ހަގީގަތް ޝަހީމްގެ ފޭސްބުކް ޕޯސްޓަކުން

ޝިޔާމް މ. ދިއްގަރު ކައުންސިލާ ބައްދަލުކުރައްވައިފި

މީކާއީލްގެ ފާޑުކިއުން މިނިސްޓަރު އިހްސާނަށް

އެޗްއާރްސީއެމްގެ ނައިބަކަށް މުއުމިނާ ހަމަޖައްސަން ކޮމިޓީން ރުހުންދީފި
ޚިޔާލުތައް (0)
މި ލިޔުމަށް އަދި އެއްވެސް ޚިޔާލެއް ޝާއިޢުކުރެވިފައެއް ނެތް. ފުރަތަމަ ޚިޔާލު ފާޅުކުރައްވާ ފަރާތަކަށް ވެލައްވާ!
